[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

އައު ޅެން ހެދުމަކީ ފަހަރެއްގައި އަހަންނަށް ނޭނގޭ ކަމަކަށްވެސް ވެދާނެ އެވެ. އައު ޅެން ހަދަން ވަކި ހަމަތަކެއް އޮންނަ ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް އިންޓަރނެޓްގައި އަހަންނަށް ލައްކަވަރަށް ފީނިއްޖެ އެވެ. ނުފެނުނެވެ. މުޅިންވެސް ފެނުނީ މީހުން ހަދާފައި ހުރި އައު ޅެންތަކެވެ. އެހެންކަމުން އަހަރެންވެސް އައު ޅެމެއްގެ ސިފަތައް އެކުލެވޭގޮތަށް މިފަދަ ޅެމެއް ހެދޭތޯ މަސައްކަތް ކޮށްލީމެވެ. ފަހަރެއްގައި މި ޅެން ހެދުނީ ތުރުތުރުލަމުން ކަމަށްވެސް ވެދާނެ އެވެ. ޅެމަށް އިންސާފު ކުރާނީ ކިޔުންތެރިންނެވެ.

 

ތުރުތުރުލާން ފަށައިފި އެވެ.

ތުރާލެއް ނެތް ތުރުތުރެކެވެ.

 

ޖާދޫއެއް ހެއްޔެވެ؟

ޖާދޫގަރެއް ހެއްޔެވެ؟

 

ވާހަކަތަކަށް ހިތް ލެނބެނީ އެވެ.

އާ ވާހަކަތަކެއް ހެން ހީވަނީ އެވެ.

 

ޒާތަކަށް ތިޔަ ވާހަކައިގެ ޖާދޫގައި ޖެހިއްޖެ އެވެ.

ފާޑަކަށް ތިޔަ ޖާދޫގެ ބަސްތަކަށް މަސްތުވެވިއްޖެ އެވެ.

 

ހިތް އެދެނީ ތިޔަ ވާހަކައިގެ ކިސްތީއަށް އެރުމަށެވެ.

ހިތް ގޮވަނީ ތިޔަ ވާހަކައިގައި އިތުރަށް ތުރުތުރު ލުމަށެވެ.

 

ތިޔަބުނާ ތުރުތުރެއް ލޮލަކުން އަހަންނެއް ނުދެކެމެވެ.

ވިޔަނުވާ ތުރުތުރެއް ނޭނގިނަމަވެސް އިޙްސާސް ވެވެނީ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.