ބައިނަލްއަޤުވާމީ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާރަށު ދެކުނު ޒުވާނުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ޕުރޮގްރާމެއް ހިންގައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ޕުރޮގްރާމްގައި ރަށުގެ އަތިރިމައްޗާއި ހޭޅިފަށް ވަނީ ސާފުކޮށްފައެވެ. މި ޕުރޮގްރާމުގައި ދެކުނު ޒުވާނުންގެ އިތުރުން ރަށުގެ ރައްޔިތުން ވަނީ ބައިވެރި ވެފައެވެ. އަދި ސާފުކުރުމުގެ މަސައްކަތުގައި އުޅުން މީހުންނަށް ހެޔޮއެދޭ ފަރާތްތަކުންވަނީ ފިނިބުއިން ހަދިޔާކޮށްފައެވެ.

ބާރަށު ޒުވާނުން އެރަށް ސާފުކުރުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ބާރަށު ޒުވާނުން ފޭސްބުކް ޕޭޖް

ހއ. ބާރަށުގައި މިވަގުތު ކުނި މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވި ނަމަވެސް، ކުނިކޮށި ހެދުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަލްފާޟިލް އާސިފް އަބްދުﷲ ވިދާޅުވިއެވެ.

“ބިން ސާފުކޮށްފަ އޮންނަތާ 3 އަހަރުވެއްޖެ.  ކޮންމެއަހަރަކުވެސް ބަޖެޓުގަ ހިމަނާ.”

އާސިފް ވިދާޅުވިއެވެ.

ހއ. ބާރަށުގެ އާބާދީގައި 2000 މީހުން އުޅޭއިރު، އެރަށުގައި ކުނި މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.