ރަޝިއާގެ ޒެނިތު ޕީޓަސްބާގަށް ކުޅެމުން އަންނަ އިރާނުގެ މެސީގެ ނަމުން މަޝްހޫރުވެފައިވާ ސަރުދާރު އަޒުމޫން ގެނައުމަށް އާސެނަލުން އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ އަންދްރޭ އަރުޝަވިން ގެ އެހީތެރިކަމަށް އެދިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 25 އަހަރުގެ އަޒުމޫން އަކީ އޭނާގެ ކޮށްޓުމުގެ ހުނަރާއި، ގޯލު ޖެހުމުގެ ކުޅަދާނަކަމުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ޝައުގުވެރިކަން ދަމައިގަނެފައިވާ ކުޅުންތެރިއެކެވެ. ޚަބަރުތައް ބުނާގޮތުގައި އިނގެރޭސި ޕްރިމިއަރ ލީގުގެ ކުލަބުތަކުން އޭނާ އަށް ފާރަވެރިވަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
މި ފެށޭ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އަޒުމޫން ގެނައުމަށް އާސެނަލުން ޒެނިތު ޕީޓަސްބާގާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާސެނަލް ގެ ކުރީގެ ކުޅުންތެރިޔާ ރަޝިއާގެ އަރުޝަވިން ގެ އެހީއަށް އެ ކުލަބުގެ ކޯޗު މިކޭލް އާޓެޓާ ވަނީ އެދިފައެވެ. އަރުޝަވިން އަކީ ޒެނިތު ޕީޓަސްބާގު ގެ ކުރީގެ ކުޅުންތެރިއަކަށް ވެފައި، އާޓެޓާ އާއި އަރުޝަވިން އާ ދެމެދު ވަރަށް ގާތް ރަހުމަތްތެރިކަމެއް އޮތުމުން އޭނާ މެދުވެރިކޮށް ޒެނިތު ޕީޓަސްބާގާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށް ވެސް، ނޫސްތަކުގައި ބުނެފައިވެއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އަޒުމޫން ގެ އަގު ގާތްގަނޑަކަށް 25 މިލިއަން ޕައުންޑަށް އަށް އަރާނެއެވެ.
އާސެނަލްގެ އިތުރުން، ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި، އިޓަލީގެ ނަޕޯލީން ވެސް އަޒުމޫންގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރަޝިއާ ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގައި އަޒުމޫން ވަނީ 10 ގޯލު ޖަހައި، 6 އެސިސްޓް ހަދާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ މި ސީޒަނުގައި ކުޅުނު 6 މެޗުން އޭނާ 2 ގޯލު ޖަހާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި