ކޮވިޑް-19 ޖެހިގެން ރާއްޖެއިން 8 ވަނަ މީހަކު ނިޔާވެއްޖެއެވެ.
ދާދި ދެންމެ އަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހާލު ދެރަވެގެން މިއަދު ހެނދުނު 9:25 ގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެވުނު އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހެއް މިއަދު ނިޔާވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 8 އަކަށް އަރާފައެވެ. ކޮވިޑް-19 އަށް މިހާތަަނަށް ރާއްޖެ އިން 1883 މީހުން ފައްސިވެފައި ވާއިރު، 717 މީހުން ވަނީ ރަނގަޅުވެފައެވެ. ކަރަންޓީނުގައި 1482 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1228 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި