ހައްދުންމަތީ ގަމު ކައުންސިލުގެ އިދާރާއިން ދަނޑުވެރިކަން ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އެކަންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ ދަނޑުވެރިންނަށް ތަމްރީނު ދިނުމަށާއި، ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އައު އުފެއްދުންތައް ތަޢާރަފު ކުރުމާއި އެކު ތިމާވެއްޓާއި ރަޙުމަތްތެރި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެއްދުމުގެ މަޤުސަދުގައި ދަނޑުވެރިކަން ކުރުމަށް ބިމެއް ކުއްޔަށް ދޫކުރާ ގޮތަށް ނިންމާފައިވާކަމުގައެވެ.

އިތުރަށް ބުނެފައިވަނީ މި މަޝްރޫއު އަމިއްލަ ޚަރަދުގައި ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް އެސްޓިމޭޓް ހުށަހެޅުއްވަށް އެދިލައްވާ ކަމަށެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) ކަމަށާއި އަދި ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2020 އިން 11 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެ އިދާރާގެ އެކައުންޓް 7707700315001 (1450 ރެވެނިއު 01) ނަންބަރަށް ފައިސާ ޓްރާންސްފާ ކުރެއްވުމަށްފަހު 7630030 މި ނަންބަރަށް ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ވައިބަރ ކޮށްދެއްވުންމަށް އެދިލައްވާކަމުގައެވެ.

ބިޑް ޑޮކިއުމަންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2020 ވަނަ ދުވަހުގެ ހެނދުނު 9:15 އިން 12:45 އާ ދެމެދުގައެވެ. ފުރަތަމަ ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޖޫން 2020 ވާ ބުދަދުވަހުގެ 11:00 ގައެވެ. އަދި އެސްޓިމޭޓް ހުސައެޅުމުގެ މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2020 ވާ ހޯމަދުވަހުގެ 11:00 ގައެވެ. މި ދެ މީޓީންގ ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަމު ކައުންސިލުގެ އިދާރާގައެވެ.

މަޢުލޫމާތު ލިބިގަތުމާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެކަމަށާއި އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތުކަމުގައި އެ އިޢުލާނުގައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ބަލިން ރައްކާތެރިވުމުގެ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހަޅުއްވަން ވަޑައިގަންނަވާއިރު މާސްކް އަޅުއްވައިގެން ވަޑައިގަތުމަށް ހާއްޞަ ސަމާލުކަމެއް ދިނުމައްވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.