ކޮވިޑް-19 ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ގިނަބައެއްގެ ވަޒީފާތަކަށް ނޭދެވޭ އަސަރުތައް ކޮށްފައިވެއެވެ. އެފަދަ ފަރާތްތަަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ “އިންކަމް ސަޕޯޓް އެލަވަންސް” ނަމުގައި އެލަވަންސެއް ދޭން ފަށާފައެވެ.
އެގޮތުން މިދިޔަ މެއި މަހުގެ އެލަވަންސް ހޯދުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން މިވަނީ އިތުރުކޮށްދީފައެވެ. މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން “އިންކަމް ސަޕޯޓު އެލަވަންސް” އަށް އެދި ފޯމު ހުށަހެޅުމަށް ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފައި ވާއިރު، މެއި މަހުގެ ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 7 ޖޫން 2020 އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ، ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން, އެ ސުންގަޑި އިިިތުރުކުރަން ނިންމާފައިވާ ކަަމަށެވެ. ނަމަވެސް، އިތުރުކުރަން ނިިިންމާފައި ވަނީ ކިހާ ދުވަހެއް ކަމެއް އެ އިޢުލާނުގައި ބަޔާންކޮށްފައި ނުވެއެވެ.
“އިންކަމް ސަޕޯޓް އެލަވަންސް” ދިނުމަށް ހަމަޖެހިފައިވަނީ މާރިޗު އެއްވަނަ ދުވަހުގެ ފަހުން ކޮވިޑް-19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީ އަށް ފޮނުވާލާފައިވާ ފަރާތްތަކަށާއި އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.
މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މެއި މަހާއި އަދި ޖޫން މަހުގައި ކަމަށްވާއިރު، އެލަވަންސް ގޮތުގައި ދިނުމަށް ކަނޑައަޅާފައި ވަނީ 5000 (ފަސްހާސް) ރުފިޔާ އެވެ.
“އިންކަމް ސަޕޯޓު އެލަވަންސް” އަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. ނަމަވެސް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އުޒުރުވެރިވާ ފަރާތްތަކަށް، އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ޖޮބް ޕޯޓަލް: Https://jobcenter.mv/
އީމެއިލް: [email protected]
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި