ފިނިހަށް ނުވަތަ ފިނިހަކަ އަކީ ދަނޑުތަކާއި ބަގީޗާތަކަށް އޮތް ބޮޑު ނުރައްކަލެކެވެ. މިއީ ގައްގަހާގެއްސަށް ފާވާ އެންމެ ދުއްޕާން ބޮޑު އެއް ޖަނާވާރު ވެސް މެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ފިނިހަކަ އާލާވުން އެއްވެސް ހައްދެއް ނެތް މިންވަރަށް ކުރިމަތިވެފައިވާއިރު، ހައްދުންމަތީގެ ބައެއް ރަށްރަށަށް މި ސޮރުމެންގެ އުނދަގޫ މިވަނީ ނުހަނުބޮޑަށް ކޮށްފައެވެ. މި ދުވަސްވަރު ފިނިހަކަ އަކީ ލ. ގަމާއި ފޮނަދޫގެ ބައެއް ސަރަޙައްދުތަކުން ގިނަ އަދަދަކަށް ފެންނަމުންދާ އެއްޗެކެވެ. ނަމަވެސް މި ޕެސްޓް ކޮންޓްރޯލުކުރުމަށް ކަމާބެހޭ ވުޒާރާތަކުން މަސައްކަތް ފަށަން ޖެހިފައިވާ މި ދަނޑިވަޅުގައި އެފަދަ އެއްވެސް ކަމެއް، އެދެވޭ ގޮތެއްގައި ކުރަން ފަށާފައިވާތަން ފެންނަމުން ނުދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ފިނިހަކައިން ގަހަށް ލިބޭ ގެއްލުންތައް
ފިނިހަކައިގެ ހަމަލާ އެތަކެއް ބާވަތެއްގެ ގަސްގަހާގެއްސަށް ފޯރައެވެ. އެހެންކަމުން ފިނިހަކައިން ގަސްގަހަށް ލިބޭ ގެއްލުންތައްވެސް ނުހަނު ބޮޑެވެ. ވަކިން ޚާއްޞަކޮށް، އަލަށް ފަޅައިގެން ހެދޭ ޅަ ގަސްތަކަށް މިއީ ބޮޑު ނުރައްކަލެކެވެ. އެންމެ ބޮޑު ނުރައްކަލަށް ހުށައެޅެނީ މިފަދަ ގަސްތަކެވެ. އެހެނިހެން ސޫފާސޫފިން ލިބޭ ގެއްލުމާއި މިސޮރުމެންގެ ސަބަބުން ލިބޭ ގެއްލުންތައް ތަފާތެވެ. ގަސްގަހުގެ ފަތްތަކުގައި ކުދިކުދި ލޯވަޅުތަކެއް އަޅައި ފަތްތައް ހަލާކުކޮށްލައެވެ. މިއީ ގަސްތަކަށް މަތިމަތިން ބަލައިލުމުން އެހައި ބޮޑަށް ފާހަގަނުކުރެވޭނެ ކަމެކެވެ.
ގެއްލުންތައް ކުޑަކުރާނީ ކިހިނެއް؟
ފިނިހަކައިން ގަސްގަހަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ގިނަ ގޮތްތަކެއް ބޭނުންކުރެއެވެ. ބަގީޗާތަކުގައި ހުންނަ ގަސްގަހަކީ ފިނިހަކަ ދޯޅުނުވާ ޒާތުގެ ގަސްގަހަށް ބަދަލުކޮށްލުމަކީވެސް އެއް ގޮތެވެ. ނަމަވެސް މާބަގީޗާއެއްގައި މިކަން ކުރުމަކީ ބަގީޗާގެ ނަލަކަން ގެއްލޭނެ ކަމެކެވެ.
ވަރުގަދަކޮށް ހުންނަ ގަސްގަހަށް މިސޮރުމެން އެހާ ދޯޅެއް ނުވާނެއެވެ. ސަބަބަކީ ފަތްތައް ވަރުގަދަ ވުމުން އެސޮރުމެންނަށް ފަތްތައް ނުކެވޭތީއެވެ. ބަގީޗާތަކުގައި ހުންނަ ގާގަލާއި ފިލާފޮތި، މުށި ޒާތުގެ އެއްޗެހީގެ ދަށުގައި ފިނިހަކަ ހިޔާވަހިކަން ހޯދައެވެ. އެހެންކަމުން، ބަގީޗާއާއި ގޯތިތެރެއިން މިފަދަ ތަންތަން މަދުކުރުމަކީ ފިނިހަކަ އާލާވުން ކުޑަކުރުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.
ދެން އޮތީ އެންމެ އުނދަގޫ، އެހެނަސް އެންމެ މޭވަވެތި ގޮތެވެ. އަތުން ހޮވައިގެން ފިނިހަކަތައް ނަގައި ލޮނު ޒާތުގެ އެއްޗެއް އަޅައި އެސޮރުމެން މެރުމެވެ. ނަމަވެސް މިއީ ކޮންމެ ދުވަހަކުހެން ކުރާން ޖެހޭނެ ކަމެކެވެ.
އެމެއް ބޭނުންކުރުން
ފިނިހަށް މެރުމަށްޓަކައި އެމެއްގެ ގޮތުގައި ބޭނުންކުރާ ބައެއް ކީމި (ކެމިކަލް) ހުރެއެވެ. އެގޮތަށް ކީމިއެއް ބޭނުންކުރާއިރު ނުހަނު ބޮޑަށް ފަރުވާތެރިވާން ޖެހެއެވެ. ބޭނުންކުރާ ކީމިގެ ސަބަބުން އެހެނިހެން ޖަނަވާރަށް ގެއްލުން ނުފޯރާނެ ގޮތަށް ކީމި ބޭނުންކުރަން ޖެހެއެވެ.
މެޓަލްޑީހައިޑް Metaldehyde އަކީ ފިނިހަކަ އާއި ސްލަގްސް ނައްތައިލުމަށް ބޭނުންކުރާ އެންމެ އާއްމު އަދި އެންމެ އެދެވޭ އަސަރެއްކުރާ ކީމިއެވެ. ނަމަވެސް މި ކީމިގެ އަސަރު ރަނގަޅަށް ކުރާނީ ހޫނު އަދި ހިކި މޫސުމުގައެވެ. މެޓަލްޑީހައިޑް ބޭނުންކުރާއިރު، އެއިން ގަސްގަހަށް، ކާނާގެ ބާވަތްތަކަށް އަސަރުނުފޯރާނެހެން ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އެހެނީ މި ކީމިގެ ސަބަބުން ގަސްގަހާގެއްސަށް ގެއްލުންތަކެއް ލިބިދާނެއެވެ.
މާލޭގައި ހުންނަ އެގްރޯ ސާވިސަސް ޕްރައިވެޓް ލިމިޓެޑުންނާއި ގަސްކާނާ ވިއްކާ ގިނަ ފިހާރަތަކުން މެޓަލްޑީހައިޑް ލިބެން ހުރެއެވެ.
ނަމަވެސް މިގޮތަށް ބޭނުންކުރާ ކީމިއަށް ފިނިހަކަ ހޭނޭގޮތްވެސް ވެއެވެ. އެހެންކަމުން ބޭނުންކުރާ ކީމިގެ ބާވަތް ދޭތެރެދޭތެރެއިން ބަދަލުކުރުމަކީވެސް ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
ފޮނަދޫ ކއުންސިލރުން ކޮފީޔު ތިބޫމާ އެޔޯވޫ
ގަމަ ވެސް އެބައޮތް ބޯކޮށް
ކިޔެއް ކެރާނޫ. ތެޔޯވިސް އަހަރިމީހުން ރަށު ބަޔަކު މި ރަށަށް ގެނައި އެއްޗެއްވާ ހޭބަލިވގެން