ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އެންމެ އަވަހަށް ޝޫޓިން ފަށާނެ އެއް ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ މިހާރު އުފައްދަމުން އަންނަ ފިލްމު “ގަންގޫބާއީ ކަތިއާވާޅީ”އެވެ. އެގޮތުން އަންނަ ޖުލައި މަހުގެ ފަހުކޮޅު ޝޫޓިން ފަށާނެކަމަށްވެއެވެ.
“މުމްބާއީގެ ފިލްމު ސިޓީގައި މި ފިލްމަށް ތައްޔާރުކޮށްފައި ހުރި ވަރަށް ބޮޑު ސެޓެއް ރޫޅާލި ވާހަކައަކީ ދޮގެއް. އެތާ ކުލީގެ އަގު މައްޗަށް ދާތީވެ އެތާ ހުރި ބައެއް ސާމާނުތައް ގެންދިޔައީ. އަދި ވިއްސާރައިން ލިބިދާނެ ގެއްލުމަކަށްޓަކައި މުޅި ސެޓު ވަނީ ހިޔާކޮށްފައި. ފިލްމުގެ ބާކީ ބައިގެ ޝޫޓިންވެސް ކުރިއަށް ގެންދާނީ އެތާނގައި.”
ފިލްމާއި ގާތް ފަރާތަކުން ބުނެފައިވެއެވެ.
ފިލްމުގެ %70 ޝޫޓިން ނިމިފައިވާއިރު ލޮކްޑައުންއަށްފަހު ޝޫޓިން ފެށުމުން މާގިނަ ދުވަހެއްނުވެ ޝޫޓިން އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
“ސިނަމާތައް ހުޅުވައި ހަމަޖެހުމާއެކު ވީ އެންމެ އަވަހަކަށް ފިލްމު ރިލީޒްކުރަން ސަންޖޭއާއި އޭނަގެ ޓީމުން ބޭނުންވޭ. އެމީހުން މިހާރު ކުރަމުންދަނީ ޝޫޓިން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންތައް. އަންނަ ޖުލައި މަހުގެ ފަހުކޮޅު ޝޫޓިން ފަށަން އެމީހުން ގަސްތުކުރަނީ. ސަންޖޭއަކީ އަބަދުވެސް އޭނަގެ ފިލްމުތައް އެންމެ ފުރިހަމަކޮށް ގެނެސްދޭން މަސައްކަތްކުރާ މީހަކަށް ވާތީ ލޮކްޑައުންގެ ދުވަސްވަރުވެސް އޭނަ ހޭދަކުރީ ފިލްމުގެ ބާކީ ބައި ގެންދާނެ ގޮތުގެ ޕްލޭންތައް ކުރުމުގައި.”
ފިލްމާއި ގާތް ފަރާތަކުން ބުނެފައިވެއެވެ.
“ގަންގޫބާއީ ކަތިއާވާޅީ” އަކީ ނޫސްވެރިޔާ ހުސައިން ޒައިދީ ލިޔެފައިވާ “މާފިއާ ކުއީންސް އޮފް މުމްބާއީ” އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ކިޔައިދެނީ 1960ގެ އަހަރުތަކުގައި މުމްބާއީގައި އުޅުނު ގަންގޫބާއީ ކޯޓޭވާލީ ނަމަކަށް ކިޔާ ނުފޫޒުގަދަ އަންހެނެއްގެ ވާހަކައެވެ.
އާލިއާ ބަޓްއާއި ޓީވީ ތަރި ޝަންތާނޫ މަހޭޝްވާރީ ލީޑް ރޯލުން ފެނިގެންދާ “ގަންގޫބާއީ ކަތިއާވާޅީ” ގެ އިތުރު ކާސްޓުންގެ ތެރޭގައި ވިޖޭ ރާޒްއާއި މުހައްމަދު ސަމަދު ހިމެނެއެވެ. މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ މި ހިނގާ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”