އަހަރެމެންގެ ޙަޔާތަށް އައި އެންމެ ބަނަ އެއް އަހަރަކީ މި ހިނގާ 2020 ވަނަ އަހަރެވެ. ވާން ނޭދޭ އެތައް ކަމެއް ވެއްޖެއެވެ. މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރޭގައި ބަނދެވި، އެތައް ބައެއްގެ ފުރާނަ ގެއްލިއްޖެއެވެ. އެންމެންގެވެސް އުއްމީދަކީ ވީހާވެސް އަވަހަށް މި ބަނަކަން ފިލައި ދިޔުމެވެ.
މި ބަނަކަމުގެ އަސަރު މުނިފޫހިފިލުވުމުގެ ދާއިރާއަށްވެސް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. މިކަމާއި ގުޅިގެން ހިންދީ ޓީވީ ސިލްސިލާތައް ގެނެސްދިނުމުގައި އެންމެ ފުންނާބު އުސް އެއް ޕްރޮޑިއުސަރު އެކްތާ ކަޕޫރް މިވަނީ މަޖާ މީމް އެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ މީމްގައި ބުނާގޮތުން 2020 ވަނަ އަހަރަކީ މީހެއްނަމަ އެއީ ކަސޯޓީ ޒިންދަގީ ކޭ 2 ގެ ކޮމޮލިކާ ކަމަށެވެ.
ކަސޯޓީގައި ކޮމޮލިކާގެ ރޯލު ކުޅުނު ހީނާ ޚާން ވަނީ އެކްތާގެ އެ ޕޯސްޓަށް “ހިނިގަނޑު އިމޯޖީ”އަކުން ކޮމެންޓް ކޮށްފައެވެ. އަދި ފުރަތަމަ ސީޒަންގައި ކޮމޮލިކާގެ ރޯލު ކުޅުނު އުރްވަޝީ ދޮލާކިއާ އާއި ދެވަނަ ސީޒަންގައި މިހާރު ކޮމޮލިކާގެ ރޯލު ކުޅޭ އާމްނާ ޝަރީފްވެސް ވަނީ އެކްތާގެ އެ ޕޯސްޓަށް ކޮމެންޓް ކޮށްފައެވެ. އަދި ކަރަން ސިންގް ގްރޯވަރގެ އިތުރުންވެސް ބައެއް ފަންނާނުން ވަނީ މި ޕޯސްޓަށް ކޮމެންޓް ކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”