މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮތް މުއްދަތު ޖޫން 14 ވަނަ ދުވަހުގެ މުއްދަތަށް އިތުރު ކޮށްފިއެވެ.
އެޗްޕީއޭ އިން ނެރުނު އަމުރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވާ ކަމަށެވެ.
އެ އަމުރުގައި އިތުރަށް ބުނެފައިވަނީ މެއި 28 ވަނަ ދުވަހުން ފެށިގެން ދެވިފައިވާ ލުއިތަކުގެ ސަބަބުން ބަލި ފެތުރުމުގެ ޙާލަތަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް ޖޫން 15 ވަނަ ދުވަހުން ފެށިގެން އިތުރު ލުއިތައް ދިނުމަށް ރާވާފައިވާ ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު ގިނަ ކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި