ނޯޓީ40 ގެ ސީކުއަލް “40+” އަށް ކާސްޓުން ހޯދުމަށް އިއުލާނު ކުރުމުން 100 އަށްވުރެން ގިނަ ކުދިން ކުރިމަތިލާފައި ވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނެފިއެވެ.

ޝަފީގު ބުނީ ކާސްޓުން ހޯދަން އިއުލާނު ކުރި އިރު ހީ ކުރީ 20 ނޫނީ 25، 30 ކުދިން ކުރިމަތި ލާނެ ކަމަށާއި، ނަމަވެސް 100 އަށް ވުރެ ގިނަ ކުދިން މެސެޖް ކޮށްފައިވާ ކަމަށް ބުންޏެވެ.

މިމަހު 21 ވަނަ ދުވަހު ޝޫޓިން އަށް ފުރަން އޮތް އިރު އެހާ ގިނަކުދިންތަކެއް އެކޮމަޑޭޓް ކުރަން ދަތިވެފައިވާކަމަށާއި އޭގެ ކުރިން ކުދިން ނަގަން މަސައްކަތް ކުރަމުންދާކަމަށް ޝަފީގު ބުންޏެވެ.

ފޯޓީ ޕްލަސް ގައި ސަޕޯޓިންް ކާސްޓުންގެ ގޮތުގައި ހަތަރު ތަރިން ނަގާނެ ކަމަށާއި އެއީ އަންހެން ދެ ތަރިންނާ ފިރިހެން ދެ ތަރިން ކަމަށް ޝަފީޤް ބުންޏެވެ. އޭނާ ބުނީ މި ރޯލުތަކަށް ނަގާނީ ޒުވާން ކުދިން ކަމަށެވެ.

ފިލްމުގެ ޝޫޓިން މި މަހުގެ 21ގައި ފަށާއިރު ޝޫޓިން ކުރިއަށް ގެންދާނީ ތ. ބުރުނީގައެވެ. ލޮކޭޝަންގެ ކަންތައްވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ޝަފީގު ބުންޏެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.