މި އަންހެން މީހާ ދިރިއުޅެނީ މި ކޮންޓެއިނަރު ތެރޭގައި ކަމަށް ބުނުމުން ޤަބޫލުކުރަން ދަތިވި ނަމަވެސް ކޮންޓެއިނަރު ގެ އެތެރެ ފެނުމުން —- އަސްތަޣްފިރުﷲ އޭ އަހަރެންގެ ހިތަށް އެރި!

އާޖެންޓީނާ ގެ އެކަނިވެރި މައެއް ކަމަށްވާ ލޫލޫ ދިރިއުޅެން އެހެންތަނެއް ހޯދަން ޖެހުނެވެ. އޭނާ ނިންމީ ތަންކޮޅެއް އުފެއްދުންތެރި ތަފާތު ގޮތެއް ހޯދުމަށެވެ. ޚަރަދުކުރާނެ މާކަ ގިނަ ފައިސާ އެއްވެސް އަތުގައި ނެތީމަ އެވެ. އަތުގައި ހުރި ފައިސާކޮޅުން އޭނާ ބޭނުންވަނީ ކިޔެވުމަށް ހޭދަކުރާށެވެ.

ޗައިނާ އާއި އެމެރިކާ އާއި ދެމެދުގައި މުދާ އުފުލުމަށް ބޭނުންކޮށްފައިވާ ޝިޕިންގ ކޮންޓޭނަރެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ކޮންޓޭނަރު ހިލޭ ލިބޭގޮތްވުމުން ލޫލޫ ނިންމީ އޭނާގެ ދަރިފުޅާއި ދެމައިން އެ ކޮންޓޭނަރުގައި ދިރިއުޅެވޭ ގޮތަށް، ގެއަކަށް ބަދަލުކޮށްލުމަށެވެ. އޭނާ އަށް އިމާރާތް ކުރުމުގެ ތަޖުރިބާ ކިތަންމެ ކުޑަ މިންވަރަކަށް ލިބިފައިވިޔަސް މެއެވެ. މީގެ ކުރިން އޭނާ އެފަދަ މަސައްކަތަކަށް ކޮށްފައިވަނީ ހަމައެކަނި ބޯޓެއް އަލުން އާބާތުރަ ފިލުވުމުގެ މަސައްކަތެވެ. އެހެން ނަމަވެސް އޭނާ ނިންމީ އެ ކުޑަކުޑަ ކޮންޓޭނަރަކީ އޭގެ ތެރޭގައި ދިރިއުޅެވޭނެފަދަ ގެއަކަށް ބަދަލުކޮށްލާށެވެ.

ބޭރުން ބަލައިލާއިރު، އެއީ އެހާ ތާކުންތާކު ޖެހޭފަދަ ތަނެއްކަމަކަށް ނުދައްކަ އެވެ.  160 އަކަފޫޓުގެ ކޮންޓޭނަރުގެ އެތެރެވެށި ކިތަންމެ ކުޑަޔަސް، އެތަން ލޫލޫ ބަދަލުކޮށްލީ ގެއަކަށެވެ.

“އަތުގައި ފައިސާ ނެތިއްޔާ ކޮންމެ މީހަކަށްވެސް އުފެއްދުންތެރިކަން އަންނާނެ” އޭނާ ބުންޏެވެ. ކުޑަދޮރާއި، ތަޅުމުގައި ޖަހާނެ އެއްޗެއްސާއި އަލަމާރި ފަދަ ތަކެތި އޭނާ ހޯދީ ކުނިގޮނޑުންނެވެ. އެއެއްޗެހި ބޭނުންކޮށްގެން ކޮންޓޭނަރުގެ އެތެރެ ވީއައިޕީ ކޮޓަރިއަކަށް ބަދަލުކޮށްލި އެވެ.

އިތުރަށް ޖާގަ ބޭނުންވުމުން ފްލެޓްބެޑް ޓްރެއިލަރ އެއް (ލޮރީ ޕިކަޕް ފަދަ އެއްޗެހީގެ ފޮށިގަނޑެއް) ހޯދައިގެން އޭތި ބަދަލުކޮށްލީ ކޮޓަރިއަކަށެވެ. މިހާރު އޭނާގެ ވިސްނުމުގައި ހުރީ ފެހިގެއެއް (ގްރީންހައުސް އެއް) ބޭނުންކޮށްގެން ކޮންޓޭނަރާއި ފްލެޓްބެޑް ޓްރެއިލަރ ގުޅާލުމަށެވެ.

މިއީ ދަރިއަކު ބަލައިބޮޑުކޮށް ގެންގުޅުމަށް އެންމެ އަކަށޭނަ މާހައުލެއް ކަމަށް މީހުން ނުދެކުނަސް، އާޖެންޓީނާގެ ރަށްފުށުގެ މީހުން ބުނަނީ އެއީ ލޫލޫ އާއި ވަރަށް އެކަށޭނަ ކަމެއް ކަމަށެވެ. ސަބަބެއްކަމަށް އެމީހުން ބުނަނީ އޭރުން ލޫލޫ އަށް އޭނާގެ ދަރިފުޅާއި އެކުގައި ގިނަވަގުތު ހޭދަކުރުމަށް ފުރުޞަތު ލިބިގެން ދިޔުމެވެ.

“މިއީ އަސްލުގަ ވަރަށް ރަނގަޅަށް އިޚްތިޔާރު ކުރެވުނު ކަމެއް،” އޭނާ ބުންޏެވެ. “މިކަމުން ވިސްނައިލެވޭ އަހަރުމެން ދިރިއުޅެން ލިބިފައިވަނީ ކިހައި ވަގުތެއް ކަމާއި އެ ވަގުތުތައް ބޭނުންކުރަންވީ ކިހިނެތްކަން.”

ލޫލޫ ގެ ގޭގެ އެތެރެވެށި ފެނުމުން އަހަރުމެން ހައިރާންވި ވަރަށް، ތިޔަ ކިޔުންތެރިންވެސް ހައިރާންވި ހެއްޔެވެ؟ އެހެންކަމަށް ވާނަމަ މި ލިޔުން އެހެން މީހަކާއި ހިއްސާކޮށްލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.