ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 130 މީހުންނަށް ޝިފާ ލިބިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެއަކު، ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 1670 މީހުންނަށް ވަނީ ކޮވިޑް-19 އިން ޝިފާ ލިބިފައެވެ. އިއްޔެގެ އިރުއޮއްސި 6:00 އާއި ހަމައަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 1540 މީހެކެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު 2094 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 727 ދިވެހީންނާއި، ބަނގުލަދޭޝްގެ 1102 މީހުންނާއި، އިންޑިޔާގެ 194 މީހުންނާއި، ނޭޕާލްގެ 38 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 11 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 8 މީހުންްނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 1670 މީހުން ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން ދަނީ 414 މީހަކަށެވެ. އަދި މި ބަލީގައި މިހާތަނަށް 8 މީހަކު ނިޔާވެފައިވެއެވެ. ކަރަންޓީނުގައި 331 މީހުން ތިބިއިރު، 347 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.