ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލެގާނެސްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ތާވަލުގެ ކުރީގައި ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފިއެވެ.
ކޭމްޕް ނޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގެ 30 ވަރަކަށް މިނެޓު ތެރޭގައި ލެގާނެސް އިން ނުރައްކާތެރި ދެތިން ހަމަލާއެއް ބާސެލޯނާގެ ގޯލަށް އަމާޒުކޮށްލާފައި ވާއިރު، އެއް ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށް ކަން ފާހަގަކޮށްލެވެއެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފެއްދި ބާސެލޯނާ އަށް ލެގާނެސްގެ ގޯލު ފޫއަޅުވާލެވުނީ މެޗުގެ 42 ވަނަ މިނެޓުގައެވެ. ޖޫނިއަރ ފިރްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ހުނަރުވެރި ފޯވާޑު އަންސޫ ފާތީ އެވެ. މިއީ ސްޕެނިޝް ލީގުގެ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ. ބާސެލޯނާގެ ދެވަނަ ގޯލު 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ ސްޕެނިޝް ލީގުގެ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 21 ވަނަ ގޯލެވެ. އަދި، މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 699 ވަނަ ގޯލުކަން ވެސް ފާހަގަކޮށްލެވެއެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 29 މެޗުން 38 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު، 59 ޕޮއިންޓާއެކު އެއް މެޗު މަދުން ކުޅެފައިވާ ވާދަވެރި ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ ވެލެންސިއާ ބައްދަލުކުރާ މެޗުން މޮޅުވެ މިހާރު އޮތް ފަސް ޕޮއިންޓުގެ ފަރަގު ކުޑަކުރުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް އެބައޮތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި