އިންސާނާގެެ ފޫޅުވަޅު (ބެލީ ބަޓަން) އަކީ އިންސާނުންނަށް ކިހައި މުހިންމު އެއްޗެއްކަން މީގެ ކުރިން ވާނީ ގެނެސްދީފަ އެވެ. މިފަހަރު މިގެނެސްދެނީ ފޫލުވަޅުގެ ބައްޓަމުން އަހަރުމެންގެ ސަޚްޞާއިމެދު ބުނަނީ ކީކޭ ކަމެވެ. އަހަރުމެންގެ ޒާތީ ކަންކަމުގެ ސިއްރުތަކެއް ފޫޅުވަޅުގެ ބައްޓަމުން އަންގައިދޭނެ ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ބައެއް މީހުން ބުނަނީ މިއީ ތެދެއް ކަމަށެވެ! މިގެނެސްދޭ ލިޔުމުގައިވާ ފޮޓޯތަކުން އެމީހެއްގެ ފޫޅުވަޅާއި އެންމެ ގުޅޭ ފޫޅުވަޅެއް ހޯދުމަށްފަހު ޒާތާއި ގުޅެނީ ކިހައިވަރަކަށްތޯ ބަލައިލުން ކިހިނެތްވާނެ ހެއްޔެވެ؟

1- މި ވައްތަރުގެ ފޫޅުވަޅުން ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

ތިޔައީ އޯގާތެރި އަދި ނާޒުކު މީހެކެވެ. ނަމަވެސް ތިބާގެ ފަރާާތުން އަނެކުން ފައިދާއެއް ނެގުމުގެ ފުރުޞަތެއް ނުދޭނެ އެވެ. ތިބާގެ އޯގާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް އެހެން މީހުން ހަައިރާންވާފަދަ ކަމެއް ތިބާގެ ފަރާތުން ކުރިމަތިވާނެ އެވެ. ވަގުތާއި ޙާލަތު ނިޔާކުރާގޮތުން ތިޔައީ ބަޑިބޭހުގެ ފަޓާހެއް ފަދަ މީހެކެވެ. ތިޔައީ ކުޑަކުދިންނާާއި ގުޅޭ، އެކުދިންގެ މަޖާ މިޒާޖުން ދިރިއުޅުމުގެ އުފާ ލިބިގަންނަ މީހެކެވެ. އަހަރުމެން އެންމެންގެ ވިސްނުން ރަނގަޅަށް ގެންގުޅޭނަމައެވެ!

2- މި ވައްތަރުގެ ފޫޅުވަޅުން ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

ތިޔައީ ވަރުގަދަ އަދި ނުރައްކާތެރި މީހެކެވެ. އެކަމަކު ގިނަމީހުންނަށް ނޭނގޭ އެއްކަމަކީ ތިޔައީ ލަދުވެތި މީހެއްކަމެވެ. އެހެން މީހުންނާއި އެކުގައި ވަގުތު ހޭދަކުރުމަކީ ތިބާ އަށް ހިތްހަމެޖެހުން ލިއްބައިދޭ ކަމެކެވެ. ނަމަވެސް ތިބާ އަށް ބޮޑަށް ކަމުދަނީ ގޭގައި އިނދެ ޓީވީ ބެލުންފަދަ ކަމެއްގެ ތެރޭގައި ވަގުތު ހޭދަކޮށްލުމަށެވެ. ނަމަވެސް ރައްޓެހިންނާއި އެކުގައި ތިބާ ބޭރުގައި އުޅޭޭއިރު ތިޔައީ އެއްމެންގެ ސަމާލުކަން ހޯދާފައިވާ މީހާ އެވެ. އެހެން ނުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ ތިޔައީ އެވަރުގެ އަލިގަދަ ޕާސަނަލިޓީ އެއްގެ ވެރިއެކެވެ.

3- މި ވައްތަރުގެ ފޫޅުވަޅުން ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

ތިޔައީ މުޅި ދުނިިޔޭގައި ބުރުޖެހުމުގެ ހުވަފެން ދެކޭ މީހެކެވެ. ދިރިއުޅުމުގައި ބޮޑެތި ހުވަފެންތަކެއް ގެންގުޅޭ މީހެކެވެ. އަބަދުވެސް އަމާޒުފަތްގަނޑަކަށް ހަދާފައި ވާނީ މިހާރަށްވުރެން ރަނގަޅު އެޑްވެންޗަރ އެއް ހޯދުމަށެވެ. ގުދުރަތީގޮތުން ތިބާ އާއި ދިމާއަށް އަނެކުން ލެނބޭނެ އެވެ. ސަބަބަކީ ތިޔައީ އެވަރުގެ ޝައުޤުވެރިކަމެއް ހުންނަ މީހެކެވެ. ތިޔައީ ވަރަށް ފައްކާ ވާހަކަތައް ކިޔައިދޭ މީހެކެވެ. ތިޔައީ މިނިވަން ފިކުރެއް ގެންގުޅޭ މީހެއް ނަމަވެސް ތިބާގެ ދިރިއުޅުމުގައި އެބަޔަކަށް ތިބާ ބަރޯސާވާ މަދު ބައެއް ތިބޭނެ އެވެ. ތިޔައީ ވަރަށް ހަރަކާތްތެރި ދިއުޅުމެއް އުޅެމުން އަންނަ މީހެކެވެ.

4 –  މި ވައްތަރުގެ ފޫޅުވަޅުން ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

މީހުން ދެކޭނީ ތިޔައީ ހިތްހެޔޮ، ހިތްދަމައިގަންނަ ގޮތެއް ހުންނަ މީހެއްގެ ގޮތުގައެވެ. ތިޔައީ ވަހުޝީކަން ގަދަ މީހެކެވެ. ތިޔައީ ފެންނަ ފެނުމަށްވުރެން އިނޮސެންޓްކަން (މައުސޫމުކަން) ކުޑަ މީހެކެވެ. ރީތިކަމުގެ މުހިންމުކަން ދަނެ، މަޖަލާާއި ރަހުމަތްތެރިކަމާާއި ރޮމޭންޓިކް ކަމުގެ މުހިންމުކަން ދަންނަ، ސެކްސީ އަދި ލޯބި މީހެކެވެ. ދޭތެރެއަކުން މޫޑު ޚަރާބުވުމަށްވެސް ނޭދޭ ޒާތުގެ މީހެކެވެ.

 

5 –  މި ވައްތަރުގެ ފޫޅުވަޅުން ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

ތިބާގެ އަމިއްލަ ނަފުސާއިމެދު ދެކޭ ގޮތަކީ ހަޤީޤަތެކެވެ. ތިބާ ބޭނުންވާ ކަންކަން ދިރިއުޅުމުގައި ވަނީ ހާސިލްވެފަ އެވެ. އެކަންކަމުން ތިބާއަށް އުފާވެރިކަން ލިއްބައިދެއެވެ. ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް އަބަދުވެސް ދާނީ އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. ތިބާއަށް ލިބިފައިވާ އާދަޔާޚިލާފު ޔަޤީންކަމާއި ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް ދެކޭ ދެކުމުގެ ސަބަބުން ތިބާ އަކީ ލީޑަރެއް ކަމުގައި ގިނަބަޔަކު ދެކި އެކަމާއި ހިތްހަމަޖެހުމުގެ ވާހަކަތައް ދައްކާނެ އެވެ.

6 –  މި ވައްތަރުގެ ފޫޅުވަޅުން ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

ތިބާގެ އެއްމެ ބޮޑު ހަތިޔާރަކީ އޯގާތެރިކަމެވެ. އެހެން މީހުންގެ އިހްސާސްތައް ތިބާއަށް ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެ އެވެ. އަދި އެ އިހްސާސް ތަކަކީ ތިބާގެ އަމިއްލަ އިހްސާސް ތަކެއް ގޮތުގައި ދެކޭނެ އެވެ. ތިޔައީ ތިބާގެ ވަގުތުތައް އަނެކުންނަށް ދިނުމުގައި އޯގާތެރި، ލޮބުވެތި، ދީލަތި މީހެކެވެ. ތިބާގެ ހަމަ ކޮންމެ ރަހުމަތްތެރިއަކީ ނަސީބުގަދަ މީހެކެވެ. ތިބާ އަކީ ގިނަބަޔަކު ދަންނަ މަޝްހޫރު މީހަކަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ތިޔައީ އަބަދުވެސް އަނެކުންނަށް ރަނގަޅަށް ހިތައިގެން ތެދުވެރިކޮށް އުޅޭ މީހެކެވެ.

ސަޅި ދޯ އެވެ. މިކަންކަމުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވާކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ރައްޓެހިންނާއި ހިއްސާ ކޮށްލައި އެމީހުންގެ އެތެރެފުށާއި ބޭރުފުށް ދިމާވޭތޯ ބަަލައިލުން ކިހިނެތްވާނެ ހެއްޔެވެ!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.