ރާއްޖެއިން އިތުރު 26 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 26 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހީންނާއި، ބަނގުލަދޭޝްގެ 16 މީހުންނާއި، ނޭޕާލްގެ 3 މީހުންނާއި، އިންޑިޔާގެ 3 މީހުން އަދި ސްރީލަންކާ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2120 އަށް އަރާފައެވެ. އޭގެ ތެރޭގައި 730 ދިވެހީންނާއި، ބަނގުލަދޭޝްގެ 1118 މީހުންނާއި، އިންޑިޔާގެ 197 މީހުންނާއި، ނޭޕާލްގެ 41 މީހުންނާއި، ސްރީލަންކާގެ 12 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ޕާކިސްތާނުގެ 3 މީހުން އަދި އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ 8 މީހުން ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 1677 މީހުން ރަނގަޅުވެފައި ވާއިރު، މިވަގުތު ފަރުވާދެމުން ދަނީ 433 މީހަކަށެވެ. އަދި މި ބަލީގައި މިހާތަނަށް 8 މީހަކު ނިޔާވެފައިވެއެވެ. ކަރަންޓީނުގައި 318 މީހުން ތިބިއިރު، 281 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.