އޮފީސް ވަޒީފާއަކަށް ނުގޮސް ވެސް، އަންހެނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރެވޭނެ ބައިވަރު މަސައްކަތް ހުރެއެވެ. އެގޮތުން އިތުރު އާމްދަނީއެއް ހޯދުމުގެ މަގުސަދުގައި ލ. ފޮނަދޫ ނާފިޔާ އިބްރާހިމް މާ ހަދަންފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ.

“ވަރަށް ޝައުގުވެރިކަން ހުންނަ ކަމަކަށްވާތީ އާއި އިތުރު އާމްދަނީއެއް ހޯދުމުގެ މަގްސަދުގައި ފެެށި މަސައްކަތެއްމީ.”

ނާފިޔާ ބުންޏެވެ.

ނާފިޔާގެ މަސައްކަތް / ފޮޓޯ: ނާފިޔާ

މާ ހަދާއިރު، އަސްލުމަލާއި ވީހާވެސް އެއްގޮތަށް، އެކުލަތަކާއި ޑިޒައިން ގެނެވޭތޯ މަސައްކަތްކުރާ ކަމަށް އޭނާ ބުނެއެވެ. އަދި މިއީ އާމްދަނީ   ހޯދުމަށް ރަނގަޅު މަސައްކަތެއް ކަމުގައި އޭނާ ބުންޏެވެ.

“ކޮންމެ ކަމަކީވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ވާނެކަމެއް. އޮފީސް ވަޒީފާއަކަށް ނުދިޔަ ނަމަވެސް، މިފަދަ ކޮންމެވެސް ކަމެއް ކޮށްގެން އާމްދަނީ އެބަހޯދޭ.”

ރަށުގައި ދިރުއުޅުނު ނަމަވެސް، މި މަސައްކަތް ކުރުމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، މި މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުމަށް ވެސް އެއްވެސް ދަތިކަމެއް ނެތް ކަމަށް ނާފިޔާ ބުންޏެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން އެކި އެކި ހަފުލާތައް ޒީނަތްތެރިކުރުމަށް މާ ހެދުމަށް އޯޑަރު ލިބެއެވެ.

ނާފިޔާ ހަދާފައިވާ މާތަކެއް / ފޮޓޯ: ނާފިޔާ

“އެންމެ ގިނައިން އޯޑަރު ލިބެނީ ފިނިފެންމާާ އަދި، ސަންފްލާވަރ އަށް.”

މި ނޫނަސް ބޯގަންވިލާ އާއި އަދި އެހެނިހެން ތަފާތު މާމަލަށް ވެސް އޯޑަރު ލިބޭކަމަށް އޭނާ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.