ދައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމަށް ބަނޑޭރި ޕޭ (BandeyriPay) ގެ ނަމުގައި، އޮންލައިން ޕޭމަންޓް ޕޯޓަލްއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޤާއިމުކޮށްފިއެވެ.
މިއަދު މިކަމާއި ގުޅިގެން އެ މިނިސްޓްރީން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ މި ޕޯޓަލް މެދުވެރިކޮށް ޝަރުޢީ ދާއިރާއަށް ވެސް ފައިސާދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވާ ކަމަށާއި ވީމާ، ޝަރުޢީ ދާއިރާގެ ކޯޓުތަކަށާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ތިރީގައި މިވާ “ބަނޑޭރި ޕޭ” ލިންކް މެދުވެރިކޮށް ދެއްކުމަށެވެ.
https://bandeyripay.finance.gov.mv/
އިތުރަށް ބުނެފައިވަނީ މި ގޮތަށް “ބަނޑޭރި ޕޭ” މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެހުމާއެކު، ކޮވިޑް-19 އާ ގުޅިގެން މާޗު 18 ވަނަ ދުވަހު މި މިނިސްޓްރީން ނެރެފައިވާ 2020/85/P-198 އިއުލާނުގައިވާގޮތަށް ޝަރުޢީދާއިރާއަށް ދައްކަންޖެހޭ ފައިސާ، އެ އިޢުލާނުގައިވާ ބޭންކް އެކައުންޓަށް ބަލައިގަތުން 30 ޖޫން 2020 ގެ ފަހުން ހުއްޓާލާނެކަމަށެވެ.
ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ “ބަނޑޭރި ޕޭ” ލިންކް މެދުވެރިކޮށް ދެއްކުމަށާއި އަދި ދައްކަން ޖެހޭ ފައިސާއާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް، އެ މިނިސްޓްރީގެ މަޢުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައިވާ ފޯނު ނަންބަރަށް ނުވަތަ އީމޭލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް އެ މިނިސްޓްރީން އެދިލައްވާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި