♪♫ ކިހިނަކުން ދިރިއުޅޭނީ ކަލާ ޔާ ނުލާ
މި ހިތުގައި ވިންދު އުފެދޭ ނިޝާނާ ނުލާ ♪♫

ޝިންޓޭގެ ލޯބިވެރިޔާ އަދި ވާންއުޅޭ އަނބިމީހާ އަށް އޭނާގެ ހިތުގެ ހާލަތު ބަޔާންކުރަމުން ކިޔައިދެމުން ދިޔަ ތަރާނާއަކީ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހިތްގައިމު ލަވައެކެވެ. ނަމަވެސް މިފަހަރު މިއީ “ކަލާޔާ ނުލާ”ގެ ކަވަރ އެކެވެ.

ޝިންޓޭ، ނުވަތަ ޙަސަން ޝިނާނޭ ބުނުމުން ނޭނގިދާނެއެވެ، ނަމަވެސް ‘ޓިކްޓޮކް’ ބަލާ ފަރާތްތަކަށް ހަމަ ގައިމުވެސް ޝިންޓޭ އަކީ އާ މޫނަކަށް ނުވާނެއެވެ. އަދި ކިއެއްތަ؟، ޝިންޓޭ އަކީ ޓިކްޓޮކްގައި ވިދާލާފައިވާ ހުނަރުވެރި ތަރިއެކެވެ.

ޢަބްދުﷲ މުނާޒްގެ އަޑުން ކިޔާފައިވާ މި ހިތްގައިމު ލަވައިގެ ވީޑިއޯ ހަދާފައިވަނީ ޔާމިން ޒަކީ އެވެ. ވީޑިއޯގައި އެކްޓްކޮށްފައިވަނީ ޝިންޓޭގެ އިތުރުން ޝަހޫ، ރަމީ، ހައިޝަމް، ޝައިހާން އަދި ނިހާން އެވެ.

ޝިންޓޭގެ ފަރާތުން ގެނެސްދޭ މި ލަވަ ބަލައިލުމަށްފަހު ޝިންޓޭގެ ތަޢާރަފަކަށް ޖެހިލަމާ ހިނގާށެވެ. އަބަދުވެސް އެކްޓަރަކަށް ވުމަށް ބޭނުންވި ޝިންޓޭ މިހާތަނަށް ވަނީ ދެ ފިޗާ ފިލްމުގައި ދެ ރޯލެއް އަދާކޮށްފައެވެ. މިދިޔަ އަހަރު ރިލީޒްވި ފިލްމުތަކުގެ ތެރެއިން ދިވެހި ފިލްމީ އޯޑިއަންސް ސިއްސުވައިލި “ބަވަތި”ގެ އިތުރުން، އެ ފިލްމު އުފެއްދި ‘އައި ފިލްމްސް’ އިން އުފައްދާފައިވާ “ނީނާ” ގައި ޝިންޓޭ ހަރަކާތްތެރިވެއެވެ. ކެމެރާގެ ފުރުގަހުގައާއި ކުރިމަތީގައެވެ.

ޝިންޓޭގެ ޓިކްޓޮކްގެ ވާހަކަތަކާއި އެކްޓިންގެ ބައެއް ވާހަކަތައް މުނިއަވަސްއިން އޮޅުންފިލުވައިލީމެވެ.

“ފުރަތަމަ ޓިކޮޓޮކުން ޑުއެޓެއް ހަދައިގެން ދިމާވީ.” ޝިންޓޭގެ ވާހަކަތައް ފެށީވެސް ލަވައިގައި އެބުނާ ‘ކަލާ’ އާއި ދިމާވި ހިސާބުންނެވެ.

“ދެން ސޯޝަލް މީޑިއާއިން ފްރެނޑް ރިކްއެސްޓް ފޮނުވައިގެން އޭޒް އަ ފްރެންޑް ވަރަށް ވާހަކަތައް ޝެއާރކުރެވުނު ޝަހޫ އާ…” ޝިންޓޭ ބުނީ އެދުވަސްކޮޅަކީ އޭނާގެ ދިރިއުޅުމުގައި ވަރަށް ‘ހާޑް’ ދުވަސްކޮޅެއް ކަމަށާ އެ ދުވަސްވަރު ހުރީ ‘ޓްރޫ ފްރެންޑެއް’ ބޭނުންވެފައި ކަމަށާ ޝަހޫ އާ ދިމާވީ އެހެން ހުއްޓާ ކަމަށެވެ.

“ދެން އެކަކު އަނެކެއްގެ ކަންތަކާ އެހީވަމުން، އާއިލީ ކަންތައްތަކާވެސް އެހީވަމުން އުޅުނީ. އެހެން އުޅުނުއިރު ރައްޓެހިން ވަރަށް ދިމާކުރި ސަޅި ‘ކަޕްލް’އެކޭ ވަރަށް ގުޅެޔޭ ކިޔާފަ.. ދެން އެހެން އުޅެނިކޮށް ދެމީހުން ‘ފޯލް’ވީ. ޝަހޫގެ ބޭބީ ލޫކް ވެސް ބައްޕި ކިޔަން ފެށީމަ ވަރަށް ހިތްހަމަޖެހުނު…” ޝަހޫ އާއި އޭނާގެ ދަރިފުޅު ލޫކް އާއި ދެމެދު ޝިންޓޭއާ އޮތް ގާތްގުޅުން ވަރަށް ތަފްޞީލުކޮށް ހިއްސާކުރަމުން ކިޔައިދިނެވެ.

ޝަހޫ، ލޫކް އަދި ޝިންޓޭ

“ދެން ޝަހޫ އަކީ ވަރަށް ޑްރާމާގަނޑު ބޮޑު މީހެއް. ޝިންޓޭ މިހެން އުޅޭއިރު ވެސް އަބަދު ކޮންމެވެސް އާޓެއް ދައްކާނީ…” ޝަހޫއާ އެކު ‘ކަލާޔާ ނުލާ’ގެ ކަވަރ ކުޅެން ދިމާވި ގޮތް ކިޔައިދެމުން ބުންޏެވެ.

“ދެން އަސްލު ޓިކްޓޮކްގެ ކުރިންވެސް އިލްޔާސް ވަހީދުގެ އިޝްތިހާރެއް ކުޅެފަ އޮންނާނީ. އިއްލެގެ ފަރާތުން ޝިންޓޭއަށް ވަރަށް ސަޕޯޓްލިބޭ މިދާއިރާގައި ކުރިއަށް ދާން.” ފިލްމީ ދާއިރާއަށް ޝިންޓޭ ނެރުމުގެ ފަހަތުގައި ހުރި “ބަވަތި” އަދި “ނީނާ”ގެ ޑައިރެކްޓަރ އިއްލެގެ ނަން ފާހަގަކުރަމުން ޝިންޓޭ ބުންޏެވެ.

“މިސާލަކަށް ‘ކަނޑި’މެން ކަހަލަ ބޭފުޅުންނާ އެއްކޮށް ވޯރކްކޮށްލަން ލިބި ކެމެރާގެ ފުރަގަހުންނާ ކުރިމަތިންވެސް ފެނުމުގެ ފުރުޞަތު ލިބޭ… ޝިންޓޭ އަބަދުވެސް ކުރަން ބޭނުންވި ކަންތައް އަސްލު ޝިންޓޭއަށް މަގުފަހިކޮށްދިނީ އިއްލެ. އެކަމަށްޓަކައި އިއްލެއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.”

ފިލްމު “ނީނާ”ގެ ލީޑްތަރިން އަދި ކަނޑި – ފޮޓޯ: ނީނާ ޓީމް

“ފިލްމީ ދާއިރާގައި އަދި ފޭމަސް ނުވިޔަސް ވަރަށް ސަޕޯޓްވެސް ލިބޭ ފޭންސްގެ ފަރާތުން. ޓިކްޓޮކްގަ ފޭނުން ހަމަ ވަރަށް ކްލޯޒް.” ޝިންޓޭ އަކީ ޓިކްޓޮކްގެ މަޝްހޫރު ތަރިއަކަށްވުމުން ރަނގަަޅު ފޭންބޭސްއެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ޝިންޓޭ ވަޒީފާ އަދާކުރަމުން ދަނީ މުނިފޫހިފިލުވުމުގެ ޗެނަލް ‘ގޯ ޕްލަސް’ގައެވެ. އެ ޗެނަލް އަލުން ރީބްރޭންޑްކުރުމަށްފަހު ވަރަށް އަވަހަށް ފެށުމަށް މަސައްކަތްކުރަމުން އަންނަކަމުގެ އުފާވެރި ޚަބަރުވެސް ޝިންޓޭ ހިއްސާކުރިއެވެ. ގޯ ޕްލަސް ޓީވީގެ ވެރިޔާ މުޙައްމަދު ޢާދިލް އަށްވެސް ޝިންޓެ ޝުކުރުއަދާކުރިއެވެ.

https://www.tiktok.com/@shahuahmed/video/6770863688325795078?u_code=cmg1h3l2b9gka6&preview_pb=0&language=en&_d=da083e9jjk8b29&share_item_id=6770863688325795078&timestamp=1592986872&user_id=6545875389779022848&utm_source=viber&utm_campaign=client_share&utm_medium=android&share_app_name=musically&share_iid=6840001575723091718&source=h5_m

‘އައި ފިލްމްސް’ގެ ދެވަނަ ފިލްމު “ނީނާ”ގެ ޝޫޓިން ލ. ގަމުގައި ކުރިއަށްދިޔަ އިރު، ޝިންޓޭ ކުރި ހިތްވަރު މުނިއަވަސް ޓީމަށްވެސް ވަނީ ފެނިފައެވެ. އައިލެންޑް މެނޭޖަރެއްގެ އިތުރުން ފިލްމުގެ މުހިންމު ރޯލެއްގައި ޝިންޓޭ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ކެމެރާގެ ފުރަގަހުގައިވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

“ވަރަށް ތަފާތު އެކްސްޕީރިއަންސްތަކެއް ކޮށްލަން ލިބުނު މި ފިލްމުގަ. ފިލްމު ބަލާހިތުން ހަމަ ކެތްމަދުވެފަ މީނީ.”

“ނީނާ”ގެ މަސައްކަތުގައި ޝިންޓޭއަށް އޭނާގެ އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

“މެރީކުރުމުގެ ކުރިން އަދި ސަޕްރައިޒް ވީޑިއޯ ލަވައެއް ފޭނުންނާ ހަމައަށް ވެސް ގެނެސްދޭނަން.” ޝިންޓޭ ހުރީ ޝަހޫއާ ކައިވެނިކޮށްގެން އުފާވެރި ހަޔާތެއް ފެށުމަށް ތައްޔާރުވެގެންނެވެ.

“ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްލަން ބޭނުންވޭ ނުޒުހަތު ޝުއައިބް އަށް…. އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ދައްތައެއް ކަހަލަ ކުއްޖެއް އެއީ.. ލައިފްގަ މިހާ ހިސާބަށް އަންނަން ނުޒޫދައްތަގެ ސަޕޯޓް ވަރަށް ލިބުނު.”

ޝިންޓޭ ފެނިގެންދާ ދެވަނަ ފީޗާ ފިލްމަށް އިންތިޒާރުކޮށްލަން ޖެހިފައިވާއިރު، އޭގެ ކުރިން ޝިންޓޭގެ ވީޑިއޯ ލަވައެއް ފެންނާނެކަމުގެ އުފާވެރި ޚަބަރުވެސް އެވަނީ ދީފައެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.