ޝިވާންގީ ޖޯޝީއާއި މުހްސިން ޚާން ލީޑް ރޯލު ކުޅޭ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އަކީ މިހާތަނަށް އެންމެ ދިގު ޓީވީ ޝޯވއެވެ. އަދި މިއީ 3000 އެޕިސޯޑް ހަމަކުރި އިންޑިޔާގެ ހަމައެކަނި ޓީވީ ޝޯވވެސްމެއެވެ.
މީގެ 11 އަހަރު ކުރިން ނެއިތިކްއާއި އަކްޝަރާގެ ލޯބީގެ ވާހަކައިން ފެށިގެން އައި މި ސިލްސިލާގައި މިހާރު ދައްކަނީ ކާތިކްއާއި ނައިރާގެ ލޯތްބެވެ. މި ދެ ޖޯޑަކީވެސް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދި ދެ ޖޯޑެވެ. މިއީ މި ސިލްސިލާ ފެށުނީއްސުރެވެސް އިންޑިޔާގެ 1 ނަމްބަރު ޓީވީ ޝޯވއެވެ. މިހާރު މި ޝޯވގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ޝިވާންގީއާއި މުހްސިންގެ އޮން-ސްކްރީން ކެމިސްޓްރީގެ ޖާދޫއެވެ.
ދާދި ފަހުން ރިޕޯޓުތައް ބުނި ގޮތުގައި ޝިވާންގީ ޝޯވ ދޫކޮށްލަނީއެވެ. އެ ރިޕޯޓުތަކުގައި ވާގޮތުން މި ޝޯވ އަނެއްކާވެސް އަހަރުތަކެއްގެ ފަހަށް ދަތުރުކުރަނީއެވެ. އަނެއްކާވެސް ނައިރާއާއި ކާތިކްގެ ދިރިއުޅުމަށް އިތުރު އަންހެނަކު އަންނަނީއެވެ. ނަމަވެސް އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން އެއީ ދޮގު ޚަބަރެކެވެ. ފިލްމާއި ގާތް ފަރާތަކުން ބޮލީވުޑްލައިފްއާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި އެއީ އަދި އެމީހުންނަށްވެސް ނޭނގޭ ކަމެކެވެ. އަދި އެ ބަދަލު ގެންނާނަންތޯ ނުވަތަ ނޫންތޯވެސް ބުނަން އެނގޭނީ ޝޫޓިން ފެށުނީމައެވެ. އަދި އެކަހަލަ ވިސްނުމެއް ނެތްކަމަށް ވެއެވެ.
މި ހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހު ޝޫޓިން ފަށަން ނިންމާފައި އޮތްނަމަވެސް ދިމާވި އެކި ސަބަބުތަކާއިހެދި ޝޫޓިންއެއް ނުފަށައެވެ. އަދި އަލުން ޝޫޓިން ފަށާނެ ތާރީޚެއްވެސް އިޢުލާނެއް ނުކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”