ތަފާތު އުފެއްދުންތަކެއް އުފައްދަމުން އަންނަ “އިއްޔަ ރިކޯޑްސްް” އިން އުފެއްދުމަށް ނިންމާފައިވާ ލަވައެއްގައި އެކްޓްކުރާނެ އަންހެން ކުއްޖެއް ބޭނުންވެގެން ‘ކާސްޓިން ކޯލަކަށް’ ހުޅުވާލައިފިއެވެ.

އިއްޔަ ރިކޯޑްސްްގެ ސީއީއޯ އާއިޝަތު އުލްޔާ މުޝްތާގް މުނިއަވަސް އަށް ބުނީ އެ ލޭބަލް އިން ހެދުމަށް ތައްޔާރުވަމުން އަންނަ ވަަރަށް ތަފާތު ވީޑިއޯ ލަވައެއްގައި އެކްޓްކުރުމަށް ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށެވެ.

“މާލެއިން ބޭރު ކުއްޖެއް ނަމަ، ދަތުރުގެ ޚަރަދު، އެކޮމަޑޭޝަން އަދި ކެއުންވެސް ހަމަޖެހޭނެ. މިއީ ހަމަ ޕެއިޑް އޮފަރއެއް.” އުލްޔާ ބުންޏެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އުފެއްދުންތަކެއް ނެރެފައިވާ އިއްޔަ ރިކޯޑްސްް އިން ވަނީ ގިނަ އޯޑިއޯ ލަވަތަކެއްގެ އިތުރުން ހިތްގައިމު ވީޑިއޯ ލަވަތަކެއްވެސް ނެރެފައެވެ. މިގޮތުން “ވަގުތު” ލަވައިގެ ވީޑިއޯ އާއި ހަމޫދު “ނޮއިސް” އަކީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ދެ ލަވައެވެ.

އިއްޔަ ރިކޯޑްސްް އަކީ އަބަދުވެސް މުނިފޫހިފިލުވުގެ ދާއިރާއަށް އައު ފަންނާނުން ނެރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރަމުން އަންނަ ރެކޯޑް ލޭބަލް އެކެވެ.

އިއްޔަ ރިކޯޑްސް’ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.