މުނިއަވަސް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މަދަހަ މުބާރާތުގައި ބައިވެރިކުރުމުގެ ފީއެއް ނަގާ ކަމަށް ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވިޔަސް، މުނިއަވަސް އިން ބާއްވާ މަދަހަ މުބާރާތުގައި ބައިވެރިކުރުމުގެ ފީއެއް ނަގަން ނިންމާފައި ނުވާކަމަށް މުނިއަވަސް އިން ބުނެފިއެވެ.

އޮންލައިންކޮށް ބާއްވާ މަދަހަ މުބާރާތެއްގައި ބައިވެރިކުރުމުގެ ފީއެއްގެ ގޮތުން 350 ރުފިޔާ ނަގަން ނިންމާފައިވާ ނިންމުމާއި އެ މުބާރާތާއި، މުނިއަވަސް އިން ބާއްވާ މުބާރާތާ އެއްވެސް ގުޅުމެއް ނެތްކަމަށް ވެސް މުނިއަވަސް އިން ބުނެއެވެ.

“ބައެއް ފަރާތްތަކުން ގުޅާފަ އެބަ އަހާ ތީ މިވެނި ނަމެއް ކިޔާ މުބާރާތެއްހޭ… ތީގަ ބައިވެރިވުމަށް ފީއެއް ދައްކަން ޖެހޭދޯއޭ…” މިފަދަ ސުވާލުތައް މުނިއަވަސް އަށް ކުރިމަތިވަމުން އަންނަ ކަމަށާއި ނަމަވެސް އެ އިޝާރާތްކުރާ މުބާރާތަކީ މުނިއަވަސް އިން ބާއްވާ މުބާރާތް ނޫންކަމަށް މުނިއަވަސް އިން ބުނެއެވެ.

“އިއްޔާ ރެކޯޑްސް” އިން ސްޕޮންސަރކޮށްފައިވާ މުނިއަވަސް މަދަހަ މުބާރާތުގައި ބައިވެރިވުމާމެދު ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބެލެނިވެރިން އެކިއެކި ސުވާލުތައް ކުރިމަތި ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. ބައިވެރިވުމަށް ފީއެއް ދައްކަން ޖެހޭތޯއާއި ފޯމު ފުރަން ޖެހޭތޯ އާއި މިފަދަ ސުވާލުތައް އަމާޒުވެއެވެ. ނަމަވެސް މުނިއަވަސް މަދަހަ މުބާރާތުގައި ބައިވެރިވުމަށް، އެއްވެސް ފޯމެއް ފުރާކަށް ނުޖެހެއެވެ. މުބާރާތުގައި ބައިވެރުމަށް އެހާ ބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހޭނެއެވެ.

މުނިއަވަސް މަދަހަ މުބާރާތުގައި ބައިވެރިވުމަށްޓަކައި:-

– މަދަހަ ކިޔާ ކުއްޖާގެ މަދަހަ ވީޑިއޯ،

– އައިޑީކާޑުގެ ކޮޕީ

– މަދަހައިގެ ޅެމުގެ ކޮޕީއެއް މުނިއަވަސް ވައިބަރ ނަމްބަރ 7668101 އަށް ފޮނުއްވުމުން ބައިވެރިވެވުނީއެވެ.

މުބާރާތުގައި ބައިވެރި ވުމަށް ބޭނުންފުޅުވާ އުމުރުން 06 އަހަރާއި 16 އަހަރާއި ދެމެދުގެ ފަރާތްތަކުން 15 ޖުލައި 2020 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ކުރިން މި ދެންނެވި ތަކެތި ފޮނުއްވަން ޖެހެއެވެ.

މުބާރާތް ބަހާލެވިފައިވަނީ 03 އުމުރުފުރާ އަކަށެވެ. އެއީ:

– 06 އަހަރާއި 09 އަހަރާ ދެމެދުގެ އުމުރުފުރާ

އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 ޖުލައި 2020 އަށް 06 އަހަރު ފުރި އަދި, 01 ޖުލައި 2020 އަށް 10 އަހަރުވެފައި ނުވުން.

– 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ

އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 ޖުލައި 2020 އަށް 10 އަހަރު ފުރި އަދި, 01 ޖުލައި 2020 އަށް 14 އަހަރުވެފައި ނުވުން.

– 14 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 ޖުލައި 2020 އަށް 14 އަހަރު ފުރި އަދި, 01 ޖުލައި 2020 އަށް 17 އަހަރުވެފައި ނުވުން.

މުބާރާތާއި ގުޅޭ ހުރިހައި މަޢުލޫމާތެއް މި ލިންކުން ލިބޭނެއެވެ. މުބާރާތުގެ ޤަވާޢިދު (ޕީޑީއެފް)

މުނިއަވަސް އިން މެނޭޖްކޮށް ހިންގަމުން އަންނަ ”މަދަހަ ލިރިކްސް ފޭސްބްކް ޕޭޖުން“ ފަސޭހަކަމާއެކު، ގިނަ ޢަދަދެއްގެ މަދަހައިގެ ލިރިކްސް (ޅެން) ކޮޕީކޮށްލެވޭ ފޯމެޓްގައި ހުންނާނެއެވެ.

https://www.facebook.com/MadhahaLYRICS/messages/

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.