ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން 3 މަހަށްވުރެ ގިނަ ދުވަސް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު މިވަނީ އަލުން ފަށައިފިއެވެ.
ކިޔެވުން ފަށާފައި މިވަނީ އައު އާއްމު ހާލަތުގައި ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކަކާވެސް އެކުގައެވެ. ދަރިވަރުންނާއި މުދައްރިސުން މިއަދު ސްކޫލަށް ދިޔައީ މާސްކް އަޅައިގެންނެވެ.
ސްކޫލުތައް ހުޅުވީ ކޮވިޑް-19 ނެތް ހުރިހާ ރަށެއްގައި ގްރޭޑް 1 އިން 12ގެ ގްރޭޑްތަކާ ހަމައަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި އަދި ކިޔަވައިދެނީ ގްރޭޑް 9 އިން 12 އަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަރިވަރުން ސްކޫލަށް ގެންދަނީ ބައިބަޔަށް ބަހާލައިގެން ވަކި ގަޑިތަކެއްގައެވެ. ދަރިވަރުންނާއި މުދައްރިސުން ތިބީ ގައިދުރުކޮށެވެ. ދަރިވަރުން ސްކޫލަށް ވަދެ ކްލާސްރޫމްތަކަށް ވައްދަނީ ހުންބަލާ ސެނިޓައިޒްކުރުމަށްފަހުގައެވެ. ދަރިވަރުންނަށް ގައިދުރުކަން ބެހެއްޓުމަށް އަންގައިދީ އެކަން ހަނދާން ކޮށްދިނުމަށް އަންގައިދޭ އެކި ނިޝާންތައް ވަނީ ސްކޫލްތަކުގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަ ޝޯގެ ޓިކެޓް ބުކިން ގަޑިއެއްހާއިރު ތެރޭ ފުލްވެއްޖެ