ނޭވާލާން އުނދަގޫވެގެން މިދިޔަ މަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދިޔަ ބޮލީވުޑްގެ މަޝްހޫރު ކޮރިއަރ ގްރާފަރ ސަރޯޖް ޚާން މަރުވެއްޖެއެވެ.

އުމުރުން 71 އަހަރުގެ ސަރޯޖް ޚާން މަރުވީ ހާޓްއެޓޭކެއް ޖެހިގެން މުމްބާއީ ގްރޫ ނަނަކް ހޮސްޕިޓަލްގެ އެޑްމިޓްކޮށް، އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނުއެވެ.

ނޭވާލާން އުނދަގޫތަކާ ކުރިމަތިވެގެން ސަރޯޖް ޚާން އެ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުން މިއަދަކީ ސަރޯޖް ޚާން މުމްބައިގެ ހޮޓަލެއްގައި ޕާފޯމް ކުރަން އޮތް ދުވަހެވެ.

ސަރޯޖްގެ މަރުގެ ޚަބަރަކާ އެކު ބޮލީވުޑްގެ އެތައް ފަންނާނުންނެއް ޓްވިޓާގައި ހިތާމަފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރޯޖް އަބަދު ވެސް މޮޅު ނެށުންތެރިއެއްގެ ގޮތުގައި ފާހަގަކުރާ މަޝްހޫރު ބަތަލާ ޑިކްސިޓް ހިމެނެ އެވެ. މަދޫރީގެ އައިކޮނިކް އެތައް ލަވައެއްގެ ނެށުން ހަދާފައި ވަނީ ސަރޯޖެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ލަވަ އަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު “ކަލަންކް” ގެ ލަވަ “ތަބާ ހޯޔޭ” ހިމެނެ އެވެ.

ހަތަރު ދަހަރު (ޑިކޭޑް)ގެ މުއްދަތުގައި ސަރޯޖް ވަނީ 2000 އަށް ވުރެން ގިނަ ލަވައަށް ކޮރިއޮގްރަފީ ހަދައިދީފައެވެ. ތިން ފަހަރު ޤައުމީ އެވޯޑް ހާސިލްކޮށްފައިވާ ސަރޯޖްގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ދޭވްދާސްގެ ”ޑޯލަ ރެ ޑޯލާ“، މާދޫރީ ޑިކްސިޓް މަޝްހޫރުކަން ހޯދި ފިލްމު ތޭޒާބްގެ ”އޭކް ދޯ ތީން“، ފިލްމް ޖަބް ވީ މެޓްގެ ”ޔޭ އިޝްޤް ހާޔޭ“ ފާހަގަކޮށްލެވެއެވެ. އެންމެ ފަހުން ސަރޯޖް ކޮރިއޮގްރާފީ ހެދީ 2019 ވަނަ އަހަރު ކަރަން ޖޯހަރް އުފެއްދި ފިލްމު ކަލަންކްގެ ”ތަބާ ހޯގަޔޭ“ އެވެ. މި ލަވައިގައިވެސް މާދޫރީ ހަރަކާތްތެރިވެއެވެ. ސަރޯޖްގެ ކޮރިއޮގްރަފީއަށް 3 ފަހަރަށް ނެޝަނަލް އެވޯޑް ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.