ޖަޒީރާ މާހައުލެއްގައި ކާނާ ހައްދަން ދަސްކޮށްދިނުމައްޓަކައި އޯގެނިކް ޓްރޮޕިކަލް ގާރޑްނިންގެ ނަމުގައި އޮންލައިން ކޯހެއް ސޮނެވާއިން ތަޢާރަފްކޮށްފިއެވެ. މި ކޯސް ތައްޔާރުކުރެވިފައިވަނީ ކުޑަ ބެލްކަންޏެއްގައި، ނުވަތަ ރަށެއްގެ ގޭގެ ބަގީޗާގައި ނުވަތަ ބޮޑު ދަނޑެއްގައި ނަމަވެސް، އަލަށް ކާނާ ހައްދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިމެނޭ ގޮތަށް ކަމަށް ސޮނެވާއިން ބުނެއެވެ.

މިކަމަށްޓަކައި ޓްރޮޕިކަލް އޯގެނިކް ގާރޑްނިންގެ 10 ވީޑިއޯ އެޕިސޯޑު ރިކޯޑު ކުރެވިފައިވަނީ ބ. އަތޮޅުގައި އޮންނަ ސޮނެވާފުށީގައެވެ. މިކޯހުގައި ގަސް ހައްދަން ސަރަހައްދެއް ތައްޔާރުކުރުން، ގަސް އިންދުން، އަދި ދަނޑު ބަލެހެއްޓުމާއި ތަރުކާރީ ކަނޑާނެގޮތުގެ މައުލޫމާތުގެ އިތުރުން ހައްދާ ތަރުކާރީގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައްކަށް އަލިއަޅުވާލައިފައި ވެއެވެ.

މިކޯހަކީ ބ. އަތޮޅު މާޅޮސް، ކިހާދޫ، ދަރަވަންދޫ، ސޮނެވާ އަދި ކޮމަން ސީސް ގުޅިގެން ހިންގާ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ތެރެއިން ތައްޔާރުކޮށްފައިވާ ކޯހެކެވެ.

މިކޯސް ސޮނެވާ ނަމޫނާގެ ސޯޝަލް މީޑިއާގައި މިހާރުވަނީ ޕޯސްޓުކުރެވިފައެވެ. އަދި ދަނޑުހެއްދުމާ ބެހޭގޮތުން ސޮނެވާގެ ޓީމާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ސޮނެވާއިން ބުނެއެވެ.

ކޯހުގައި މަޢުލޫމާތު ދިނުމަށް ތައްޔާރުކޮށްފައިވާ ޓިއުޓޯރިއަލްގައި ކިޔައިދޭ އުކުޅުތަކަކީ މިހާރުވެސް ސޮނެވާފުށީގެ އޯގެނިކް ދަނޑުތަކުގައި ބޭނުންކުރެވެމުންދާ އުކުޅުތަކެކެވެ. ޓިއުޓޯރިއަލްގައި އަލިއަޅުވާލާ މައުލޫމާތު ތަކަކީ:

1. ކޯހުގެ ތައާރަފު
2. ގަސް އިންދުމަށް ބެޑެއް ތައްޔާރުކުރާނެގޮތް.
3. ޕޮޓުގައި ގަސް އިންދުން.
4. ގަސް އިންދުމާއި ގަހުގެ އޮށް.
5. ކޮމްޕޭނިއަން ޕްލާންޓިން ނުވަތަ ކައިރި ކައިރީގައި އެއްފަސް ގަނޑެއްގައި އިންދޭ ގަސް.
6. ދަނޑު ބެލެހެއްޓުން.
7. ތަރުކާރީ ކެނޑުން.
8. ޕެސްޓް ކޮންޓްރޯލް.
9. ކޮމްޕޯސްޓް ކުރުން.
10. ވޯރމް ފާމިން ނުވަތަ ފަނި އުފެއްދުން.

“ތިމާ ކާއެއްޗިއްސަކީ  ދުޅަހެޔޮ، ހަށިގަނޑަށް ފައިދާ ކުރުވަނިވި ކާނާ ކަމުގެ ޔަގީންކަން ލިބޭނެ އެއްގޮތަކީ އަމިއްލައަށް ކާނާ ހެއްދުން. މީ ހިތްހަމަޖައްސާލާ ތިމާވެއްޓާ އޮންނަ ގުޅުން ބަދަހިކުރުމަށްވެސް ރަނގަޅު ގޮތެއް،” ސޮނެވާ ފުށީގެ ވޭސްޓު-ވެލްތު މެނޭޖަރ، ޖަސްޓިން ރޮބަރޓްޝޯ މި އޮންލައިން ކްލާސްތަކާމެދު ވާހަކަދައްކަމުން ބުންޏެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ސޮނެވާގައި ބޭނުންކޮށް ޔަޤީން ކަން ލިބިފައިވާ، ހޫނު، ޖަޒީރާ މާހައުލެއްގައި ކާނާ އުފެއްދުމަށް ބޭނުންކުރެވިދާނެ ޕާރމަކަލްޗަރގެ އުސޫލުތައް އެހެން ފަރާތްތަކާވެސް ހިއްސާކުރަން. މި އުކުޅުތަތަކަކީ ކުޑަ ބެލްކަންޏެއްގައި ނުވަތަ ގޭގެ ބަގީޗާގައިވަސް ކާނާ އަލަށް އުފައްދަން ބޭނުންވާ ފަރާތްތަކަށް އެކަށޭނެ އުކުޅުތަކެއް،” ޖަސްޓިން އިތުރުކޮށްލިއެވެ.

“އަޅުގަނޑުގެ އުއްމީދަކީ މި ޓިއުޓޯރިއަލްތަކަކީ ރާއްޖޭގައި ދުޅަހެޔޮ، ފައިދާ ހުރި ކާނާ އުފެއްދުމަށް އެޅިގެންދާނެ އިތުރު ބާރަކަށް ވެގެންދިއުން. ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ އަމާޒަކީ ރަށްރަށުގައި ތިމާވެއްޓާ ރައްކާތެރި ކުނި ނައްތާލާ ނިޒާމެއް ގާއިމް ކުރުމާއި، ސިންގަލް- ޔޫސް ޕްލާސްޓިކް ބޭނުންކުރާވަރު ދަށްކުރުމާއެކު ތިމާވެއްޓަށް ލޯބި ޖެއްސުން،” ސޮނެވާގެ ސީ.އީ.އޯ ސޯނޫ ޝިވްދަސާނީ ބުންޏެވެ.

ޓިއުޓޯރިއަލްތައް މި ލިންކުން ބަލައިލެވޭނެއެވެ.

https://www.facebook.com/watch/namoonabaa/586910235569798/

އާއްމުން އަހާ ސުވާލުތައް:-

https://soneva.com/wp-content/uploads/2020/07/Tropical-Organic-Gardening-FAQs.pdf

ކޮމްޕޭނިއަން ޕްލާންޓިންގްއާއި ބެހޭ އިތުރު މައުލޫމާތު:

https://soneva.com/wp-content/uploads/2020/07/Companion-planting-Tropical-Organic-Gardening.pdf

ކޮމްޕޮސްޓިންގް އާއި ބެހޭ އިތުރޭ މައުލޫމާތު:

https://soneva.com/wp-content/uploads/2020/07/Green-and-Brown-Compost-Materials-Tropical-Organic-Gardening.pdf

ގޭގައި އަމިއްލައަށް ކެމިކަލް ނާޅާ އިންސެކްޓިސައިޑް ހަދާނެ ގޮތް:

https://soneva.com/wp-content/uploads/2020/07/Neem-oil-insecticide-Tropical-Organic-Gardening.pdf

ސޮނެވާ އަކީ ލަކްސަރީ، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ ކުރީގައިވާ އެއް ހޮސްޕިޓާލިޓީ ކުންފުނި. ސޮނެވާ މިވަގުތު ރާއްޖޭގައި ހިންގާ ރިޒޯޓްތަކަކީ ސޮނެވާ ފުށި، ސޮނެވާ ޖާނީ އަދި ސޮނެވާ އިން އެކުއާ އެވެ. އަދި ސޮނެވާއިން ސޮނެވާ ކިރީ ތައިލަންޑްގައި ހިންގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.