1- އަލްޓްރާ ވައިލެޓް ދޯދި:

ހީރޯޝީމާ ޔުނިވަރސިޓީގެ، ގައިންގަޔަށް އަރާ ބަލިތަކުގެ މާހިރު، ޕްރޮފެސަރ އޯގެ ހިރޯކީ ބުނާގޮތުގައި ވަކި ވޭވްލެންތެއްގެ އަލްޓްރާވައިލެޓް ދޯދިން ވައިރަހާއި ބެކްޓީރިއާ މަރާލެވެއެވެ.

ކޮރޯނާ ޖެހުނު ބަލިމީހުން ތިބެފައި ދިޔަ ކޮޓަރިތަކަށް އަލްޓްރާވައިލެޓް ދޯދި ފޮނުވައިގެން މިހާރު ޑިސްއިންފެކްޓް ކުރާކަމަށް ޕްރޮފެސަރ އޯގެ ބުނެއެވެ.

ނަމަވެސް، އޯގެ ބުނާގޮތުގައި އަވިން މި ވައިރަސް މަރައެއް ނުލެވެއެވެ. އަވީގައި ކޮންމެވެސް ވަރަކަށް އަލްޓްރާވައިލެޓް ދޯދި ހުރިނަމަވެސް މިދޯދި އުފައްދަން ތައްޔާރުކޮށްފައި ހުންނަ ޑިވައިސްތަކުން އުފައްދާހާ ބާރުގަދައެއް ނޫނެވެ.

2- އޯޒޯން ގޭސް:

މަތީ މިންވަރެއްގެ އޯޒޯން ގޭހަށް ހުށައެޅުމުން ކޮރޮނާ ވައިރަސް ޖެހުމުގެ މިންވަރު ދަށްކޮށްލާ ކަމަށް، ޖަޕާނުގެ ދިރާސާކުރާ ޓީމަކުން މޭ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. މި ދިރާސާގައި ބޭނުންކުރި ގޭހުގެ މިންވަރަކީ 1ޕީޕީއެމް އާއި 6ޕީޕީއެމް އާދެމެދުގެ ބާރުހުރި މިންވަރެކެވެ. މި މިންވަރުން އިންސާނުންނަށް ގެއްލުން ވާނެއެވެ. 

ވައިރަސް މެރުމުގެ ނަމުގައާއި ވަސްމީރުކުރަން އާންމުކޮށް ބާޒާރުގައި ވިއްކަން ހުންނަ ސްޕްރޭ ތަކުގައި މި މިންވަރަކަށް އޯޒޯނެއް ނުހުރެއެވެ. މިހާ ދަށް މިންވަރެއްގެ އޯޒޯނަކުން ވައިރަސް މަރާލެވޭކަމެއް އަދި ހޯދިފައެއް ނުވެއެވެ. 

ކޮރޯނާ ވައިރަސް މަރާލެވޭނެކަމަށް ބުނެ އުފައްދާ މިފަދަ އުފެއްދުންތަކުގެ ސައިންޓިފިކް ހެކި ހާމަކުރަން ޖަޕާނުގެ ކޮންޒިއުމަރ އެފެއަރސް އެޖެންސީން އަންގައެވެ.

މި ލިޔުމުގައިވާ މައުލޫމާތު 12 ޖޫންއާ ހަމައަށް ޞައްޙަ ވާނެއެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.