ދުނިޔޭގެ އެންމެ ހުނަރުވެރި އެއް ޒުވާން ކުޅުންތެރިޔާ ބޮރޫސިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯގެ “ފީފާ އަލްޓިމޭޓް” ޓީމުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގައެއް ނެތެވެ.

ބޮރޫސިއާ ޑޯޓްމަންޑުގެ ޔޫޓިއުބު ޗެނަލަށް ދިން އިންޓަވިއުއެއްގައި ސަންޗޯ ވަނީ އޭނާ އަށް އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ “ފީފާ އަލްޓިމޭޓް” ޓީމު ކިޔައިދީފައެވެ. ދުނިޔޭގައި މިހާރު ކުޅެމުންދާ އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންނަށް އޭނާގެ ޓީމުން ޖާގަ ލިބުނު ނަމަވެސް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަ ނުލިބެއެވެ.

ސަންޗޯގެ “ފީފާ އަލްޓިމޭޓް” ޓީމުގައި ހިމެނޭ ކުޅުންތެރިން:

  1. މާކް އަންދްރޭ ޓާ ސްޓެގެން (ޖާމަނީ އަދި ބާސެލޯނާ)
  2. އަޝްރަފް ހަކީމީ (މޮރޮކޯ އަދި ބޮރޫސިއާ ޑޯޓްމަންޑް)
  3. ވާޖިލް ވެން ޑައިކް (ނެެެދަލޭންޑް އަދި ލިވަޕޫލް)
  4. ސާޖިއޯ ރާމޯސް (ސްޕެއިން އަދި ރެއާލް މެޑްްރިޑް)
  5. ރަފޭލް ގަރޭރޯ (ޕޯޗުގަލް އަދި ބޮރޫސިއާ ޑޯޓްމަންޑް)
  6. ކެވިން ޑި ބްރޭނާ (ބެެެލްޖިއަމްް އަދި މެންޗެސްޓަރ ސިޓީ)
  7. ޕޯލް ޕޮގްބާ (ފްްރާާންސް އަދި މެންޗެސްޓަރ ޔުނައިޓެޑް)
  8. ލިއޮނެލް މެސީ (އާޖެންޓީނާ އަަަދިި ބާސެލޯނާ)
  9. ކީލިއަން އެމްބާޕޭ (ފްރާންސް އަަަދި ޕީީީއެސްޖީ)
  10. ރޮބަޓް ލެވަންޑޮވްސްކީ (ޕޮލެންޑް އަދި ބަޔާން މިއުނިކް)
  11. ނޭމާ ޖޫނިއަރ (ބްރެޒިލް އަދި ޕީީއެސްްޖީ)

ސަންޗޯގެ “ފީފާ އަލްޓިމޭޓް ޓީމް”

ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ލޯ އަޅަމުން އަންނަ އުމުރުން 20 އަހަރުގެ ސަންޗޯ 2019/2020 ވަނަ ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު 44 މެޗުގައި އޭނާ ވަނީ 20 ގޯލު ޖަހައި، 20 އެސިސްޓް ހަދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.