ރަށުގެ ކޮންމެ މީހަކުވެސް، އެއީ ކޮން ޝާފިއުއެއް ކަން ބުނެދޭން އޭރު ބުނަނީ ‘ފެޓް ޝާފިއު’ ކަމަށެވެ. އެންމެނާވެސް ގާތް ރަހުމަތްތެރިކަން ބާއްވާތީ ‘ޕާޓް ޝާފިއު’ގެ ނަމުންވެސް މުޚާޠަބުކުރެވޭ ލ. ފޮނަދޫ ސްވީޓްފްލާވަރ އަޙްމަދު ޝާފިޢުގެ ނަމަކީ މިއަދު އެ ރަށުގެ ގިނަބައެއްގެ ދޫތަކުން ކިޔެމުން އަންނަ ނަމެކެވެ. އަންހެންވެރިންވެސް ދައްކަނީ އެއްކަލަ ފެޓް ޝާފިއު ފިޓްވެއްޖެ ވާހަކައެވެ. ފިރިހެންވެރިންވެސް އެއްކަލަ ޕާޓް ހިކުނު ވާހަކަ ދެއްކުމަކީ ކޮފީމޭޒުތަކުގައިވެސް އޮލަ ވާހަކައަކަށް ހަދާފައިވާ ވާހަކައެކެވެ.
މީގެ 136 ވަރަކަށް ދުވަސްކުރިން، ވަރުގަދަ ޢަޒުމެއްގައި ބަރުދަން ލުއިކޮށް، ހިކުމުގެ މަސައްކަތް ޝާފިޢު ފެށިއެވެ. ޒަމާނުގެ ކުދިންގެ ބަހުރުވައިން ބުނާނަމަ ‘ހަބޭހަށް މަޅަމުން’ ނުވަތަ ކަމުން އައި ޝާފިއުގެ ކެއުން ބަދަލުކޮށްލިއެވެ. ހެނދުނަށް އާޓާފުށު ރޮށްޓެވެ. މެންދުރާއި ރޭގަނޑަށް ތަރުކާރީ އާއި މޭވައެވެ.
ކެއުމަށް ގެނައި ބަދަލާއެކު، މީގެ ކުރިން ހިނގާފައި ފިޔަވަޅެއް ނާޅައޭ ބުންޏަސް ދޮގަކަށް ނުވާނެ ޝާފިޢު ހިނގަން ދާން ފެށިއެވެ. ހިނގުން ދުވުމަށް ވެސް ބަދަލުކުރިއެވެ.

ޝާފިޢުގެ ބަރުދަނާއި ސައިޒަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިސްފައިވާ ބަދަލު
“މިކަން ފެށިއިރު، އަހަރެންގެ ބަރުދަނަކީ 117.8 ކިލޯގްރާމް. މިއަދު 136 ދުވަސް ފަހުން އަހަރެންގެ ބަރުދަނީ 83 ކިލޯގްރާމް. މާނައަކީ މި ދުއްވައިލެވުނީ 34.8 ކިލޯގްރާމް.” މުނިއަވަސް އަށް ޝާފިޢު ބުންޏެވެ. ޝާފިޢު ބުނީ މިއީ ހަމަ ކޮންމެ މީހަކަށްވެސް ހާޞިލްކުރެވިދާނެ ލަނޑުދަނޑިއެއް ކަމަށާއި ބޭނުންވަނީ ހިތްވަރާއި މިންނަތް ކަމަށެވެ.
ލ. ފޮނަދޫ ތާރު މަގުގައި ބައެއް ދުވަސް ދުވަހު ދެ އިރަށް ވެސް ޝާފިޢު ހިނގަން ދެއެވެ. ހިނގަންދާ ކޮންމެ ފަހަރަކު މަދުވެގެން 07 ކިިލޯމީޓަރުގެ ރާސްތާއަކަށް އޭނާ ހިނގައެވެ.
ޝާފިޢު ބުނީ ދިރިއުޅުމަށް ގެނެވުނު މި ބޮޑު ބަދަލާއެކު ޞިއްހީގޮތުން ގިނަ ކުރިއެރުންތަކެއް ލިބިއްޖެކަމަށެވެ. އެގޮތުން ހެލިފެލިވެ އުޅެން ފަސޭހަވުމާއި ނިދަން ފަސޭހަވުމުގެ އިތުރުން ނިދީގައި ގަދައަށް ދެމެމުން އައި ގުގުރިދެމުން އެއްކޮށް ހުއްޓިފައިވާކަމަށެވެ.

ޝާފިޢު މިމަހު 10 ވަނަ ދުވަހު ފޮނަދޫ-ކައްދޫ ކޯޒްވޭ މަތީގައި – ފޮޓޯ: މުނިއަވަސް / އަޙްމަދު
ނިސްބަތުން މަދު އަދަދަކަށް ނަމަވެސް ފޮނަދުގައި ކަސްރަތަށް ހިނގުމާއި ދުވުމުގެ އާދަ ގެންގުޅޭ ބައެއް އަބަދުވެސް އުޅެއެވެ. ފޮނަދޫގެ ދިގުމަގުގައި ކަސްރަތަށް ހިނގާ ބަޔަކު އުޅެއެވެ. އެއް ފަސްކޮށް ގުޅާލެވިފައިވާ ގަމުންވެސް މި މަންޒަރު ފެނެއެވެ. ނަމަވެސް މިއަދު ޝާފިޢުއަކީ ‘އިންސްޕިރޭޝަނެއް’ ކަމަށް ބަލައިގެން މީގެ ކުރިން މިފަދަ ކަމަކަށް ވިސްނައިނުލާ ތިބި ފޮނަދޫގެ ގިނަ ބަޔަކު ހިނގާށއި ދުވަންދާން ފަށައިފިއެވެ.
‘ފެޓް ޝާފިއު، ފިޓް ޝާފިޢުއަކަށް’ ބަދަލުވެފައިވާތަން ހަމަ ލޮލުން ފެނުނު ކޮންމެ މީހަކުވެސް އެކަމާ ހައިރާންވާނެއެވެ. އިންސްޕަޔާ ވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމަކީ ހަމަ އަބަދަށްވެސް މީހުންނަށް ކަމުދާނެ ފިލްމެއް – މޫމިން
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި