މުނިއަވަސް އިން ބާއްވާ ފުރަތަމަ މަދަހަ މުބާރާތަށް ވީޑިއޯ ހުށައެޅުމުގެ ސުންގަޑި، މި މަހުގެ 17ވާ ހުކުރު ދުވަހުގެ ރޭ 00:00 އަށް އިތުރުކޮށްފިއެވެ.
މުނިއަވަސް އޮންލައިން މަދަހަ މުބާރާތް 1441ގެ ސުންގަޑި އިތުރުކުރީ ވީޑިއޯ ފޮނުވުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ބައިވެރިވާން ބޭނުންވާ ގިނަ ފަރާތްތަކަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މުނިއަވަސް އަށް ގުޅަމުންދާތީ އެވެ.
މުބާރާތުގައި ކުދިން ބައިވެރި ވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 17 ޖުލައި 2020 ވާ ހުކުރު ދުވަހުގެރޭ 00:00 ކުރިން މި ނޫހުގެ ނަމްބަރ 7668101 އަށް ބައިވެރި ކުރުވަން ބޭނުންވާ ކުއްޖާގެ އައިޑީކާޑުގެ ފޮޓޯއަކާއެކު ކިޔާފައިވާ މަދަހަ ވީޑިއޯ އާއި މަދަހައިގެ ޅެން (ވޯރޑް ނުވަތަ ޕީޑީއެފް ފޯމެޓްގައި) ވައިބަރ ނުވަތަ ޓެލެގްރާމުން ފޮނުއްވޭނެއެވެ.
މުނިއަވަސް އިން މެނޭޖްކޮށް ހިންގަމުން އަންނަ ”މަދަހަ ލިރިކްސް ފޭސްބްކް ޕޭޖުން“ ފަސޭހަކަމާއެކު، ގިނަ ޢަދަދެއްގެ މަދަހައިގެ ލިރިކްސް (ޅެން) ކޮޕީކޮށްލެވޭ ފޯމެޓްގައި ހުންނާނެއެވެ.
ކިޔެވުން ރެކޯޑްކުރަން ޖެހެނީ ބެލެނިވެރިން އަމިއްލަފުޅަށެވެ.
– ކިޔަން ޖެހޭނީ މިއުޒިކާއި ނުލައި ދިވެހި މަދަހައެވެ. ކިޔާ މަދަހައިގައި ޢަރަބި ލަފުޒު ހިމެނިފައިވުން އެއީ މައްސަލައެއް ނޫނެވެ.
– މުބާރާތަށް ފޮނުވާ ވީޑިއޯއަކީ އެހެން ޓީވީ/ރޭޑިއޯ ޗެނަލަކަށް ނުވަތަ އޮންލައިން ނޫހަކަށް ނުވަތަ ސްކޫލް މަދަރުސާއެއްގެ މުބާރާތަކަށް ނުވަތަ އެހެންވެސް މުބާރާތަކަށް އެ ދަރިވަރު ރެކޯޑްކުރި ވީޑިއޯއަކަށް ވެގެން ނުވާނެއެވެ.
– ވީޑިއޯ ރެކޯޑްކުރާއިރު ކުއްޖާއާއި އަދި އެ ކުއްޖާގެ އަޑު ވީހާވެސް ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
– ވީޑިއޯ ކުރަންވާނީ ލޭންޑުސްކޭޕްކޮށް 16:9 ފްރޭމްކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!