“ޖާދުވީ” އަޑުއަހައިފިން ހެއްޔެވެ؟ އަޑުނާހާ ނަމަ ލ. އަތޮޅުގެ އެންމެ ވަރުގަދަ ބޮޑުބެރު ގްރޫޕް ”ކޭބޯލާ“ގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އުސްމާން ޢަބްދުﷲ (އުއްސޭ)ގެ އަމިއްލަ ލަވަ “ޖާދުވީ” އަޑުއަހާލާށެވެ. މިއީ ހަމަ ގައިމުވެސް ޖާދޫއެއްހާ ހިތްގައިމު ލަވައަކަށް ވާނެއެވެ.

މިއީ އުއްސޭގެ ފުރަތަމަ އަމިއްލަ ލަވައެވެ. ލަވައިގެ ރާގާއި ޅެންހެދީވެސް އުއްސެއެވެ. ލަވަ ކިޔާފައިވަނީވެސް އުއްސެއެވެ.

“އެއް އަހަރަ ވެދާޅަ މީތި މަ ލިޔެފަ އޮންނަތަން.” މި ލަވަޔާއި ބެހޭގޮތުން އުއްސެ ބުންޏެވެ.

“ޖާދުވީ”ގެ މިއުޒިކް އަދި މިކްސިންހެދީ ސިމްބޮލިކް ރެކޯޑްސްގެ ރައްޔާން (ރައިޑޭ) އެވެ. ލަވައިގެ ރެކޯޑިންހެދީ ލ. އަތޮޅުގައި މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު ސްޓޫޑިއޯ “މިރޯ ރެކޯޑްސް”ގައެވެ.

“ދެން އަހަރުން ކޮއްކޮ ލިޝާމްގެ ހެލްޕް އަސްލު މީގެ މިއުޒިކުހެދުމާ ކަންކަން އެހާ ރަނގަޅަށް އެވޫ.” ސިމްބޮލިކް ރެކޯޑްސްގައި އުޅޭ ލިޝާމް (ލެޑޯ)ގެ އެހީތެރިކަން ފާހަގަކުރަމުން އުއްސޭ ބުންޏެވެ.

“ޖާދުވީ”ގެ ޖާދޫ ފުރިހަމަކޮށްދިނުމުގައި އެހީތެރިވެދިން ލިޝާމް، ރައިޑޭ އަދި މިރޯ ރެކޯޑްސް އިން ކޮށްދިން މަސައްކަތަށް އުއްސޭ ޝުކުރުއަދާކުރެއެވެ.

ސައުންޑްކްލައުޑަށް ލާފައިވާ “ޖާދުވީ” ވަރަށް އަވަހަށް ލަވަފޮށްޓަށް ލާނެ ކަމަށްވެސް އުއްސެ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.