ށ. މާއުނގޫދޫއަށް ނިސްބަތްވާ ތިން ޒުވާން އާޓިސްޓުން ހިންގަމުން ގެންދާ ރެކޯޑް ލޭބަލް އެރާ ރެކޯޑްސްގެ “ރީތި މަންޒިލް”ގެ ހިތްގައިމުކަން ބަލައިލައިފިން ހެއްޔެވެ.
“ރީތި މަންޒިލް” މިއީ އެރާ ރެކޯޑްސްގެ ލީޑް ވޯކަލިސްޓް އަދި ލަވަ ލިޔުންތެރިޔާ، މުހައްމަދު އިދުހާސްގެ ހިތްގައިމު މަސައްކަތެކެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ އެރާ ރެކޯޑްސްގެ ދެ ކޮމްޕޯޒަރުން ކަމަށްވާ ހުސެއިން ޝިޔާމް އާއި އަބްދުﷲ އައިދާން އެވެ.
“ރީތި މަންޒިލް”ގެ ރީތި ޅެމަކީ އިދުހާސް ގެ އަމިއްލަ ޅެމެކެވެ. ލަވައިގެ ހިތްގައިމު ރާގު ހެދީވެސް އިދުހާސް އެވެ. ޅެން ހެދުމުގައި އިދުހާސްއަށް އެހީތެރިވެދިނީ މުހައްމަދު ނަދީމްއެވެ.
ލަވަ ކިޔާފައިވަނީވެސް އިދުހާސް އެވެ. ލަވައިގެ އަންހެން އަޑަކީ އައިޝަތު ރިފާގެ ހިތްގައިމު އަޑެވެ. ލަވައިގެ މިއުޒިކްހެދީ އަބްދުﷲ އައިދާނެވެ. ދެ ލަވަކިޔުންތެރިންގެ އަޑު ފުރިހަމައަށް ގުޅުވާ މިކްސިން ތައްޔާރުކުރީ ހުސެއިން ޝިޔާމެވެ.
އަލްބަމްގެ ކަވަރ ފޮޓޯގްރަފީ ހެދީ އިބްރާހީމް ޒަޔާން އެވެ. އެހީތެރިވެދިނީ ޢަލީ މުނައްވަރެވެ. މޮޑެލްކޮށްފައިވަނީ މުޙައްމަދު ޔާސިރު އާއި އާމިނަތު ޝަހުދާއެވެ. މޮޑެލްސްގެ މޭކަޕްކުރީ މަޖީދާ މޫސާ ޢަބްދުﷲ އެވެ.
މިއީ ށ. މާއުނގޫދުއަށް ނިސްބަތްވާ ޒުވާނުންތަކެއްގެ ސަތޭކަ ޕަސެންޓްގެ ސަތޭކައިގެ މަސައްކަތެއްކަން ލަވަ އަޑުއަހައިލުމުން އެނގޭނެއެވެ.
އެރާ ރެކޯޑްސްގެ ފައުންޑަރ އަކީ އައްސަދު އާދަމް އެވެ. ލަވަތަކުގެ މާކެޓިންގައި ހަރަކާތްތެރިވަނީ މުޙައްމަދު އިރުފާމް އެވެ. އެރާ ރެކޯޑްސްގެ ހުރިހައި މެންބަރުންނަކީވެސް ށ. މާއުނގޫދުއަށް ނިސްބަތްވާ ފަރާތްތަކެއްކަން ފާހަގަކޮށްލެވެއެވެ.
އެރާ ރެކޯޑްސް އިން މީގެ ކުރިންވެސް ވަނީ ހިތްގައިމު ލަވަތަކެއް ގެނެސްދީފައެވެ. އޭގެ ތެރެއިން “މަޖާ ވާނޭ” މިއީވެސް ހިތްގައިމު، މަޖާވެސް ވާނެ ލަވައެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!