ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތައް ހިމަނާފައިވާ އެޕްލިކޭޝަންގެ އައު އިސްދާރު “ޒިކުރު”ގައި އޯޑިއޯ ހިމަނައި އިތުރު ފީޗާތަކެއް ހިމަނައިފިއެވެ. މި ފީޗާތައް “ޒިކުރު” އެޕް އަޕްޑޭޓްކޮށްލުމުން މިހާރު ލިބޭނެއެވެ.
އަލަށް ހިމަނާފައިވާ ފީޗާތަކުގެ ތެރޭގައި ތިން ތީމެއް ހިމެނެއެވެ. އެގޮތުން ‘ރޭގަނޑު’، ‘އަނދިރި’ އަދި ‘އަލި’ ތީމް ހިމެނެއެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމަށް ހަނދާންކޮށްދޭ ނޮޓިފިކޭޝަން ފީޗާއެއްވެސް ހިމަނާފައިވެއެވެ. އެޕްގެ ލޭއައުޓަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.
ޒިކުރު އެޕްލިކޭޝަނުގައި ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި ނަމާދަށްފަހު ކިޔާ ޒިކުރުތަކުގެ އިތުރުން ‘އެހެނިހެން’ ދުޢާ ހިމެނޭ ބައެއްވެސް އިތުރުކޮށްފައިވެއެވެ.
ޒިކުރު އެޕްލިކޭޝަނަކީ ހެނދުނާއި ހަވީރުގެ ޒިކުރުތައް، އަދި ނަމާދުކޮށް ނިމުމަށްފަހު ކިޔާ ޒިކުރުތައް އޭގެ ދިވެހި މާނައާއި އެކު ސްމާރޓް މޯބައިލް ޑިވައިސް ތަކުން ކިޔާލަން ބޭނުންފުޅުވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ކިޔާލެވޭނޭ މަގުފަހިކޮށްދިނުމަށްޓަކައި ހަދާފައިވާ އެޕްލިކޭޝަނެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި