ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން އިން އުފައްދާ ”ހެހެސްް“ ފިލްމުގެ އާ މަންޒަރުތަކެއް އާއްމުކޮށްފިއެވެ.

ފިލްމު ”ހެހެސްް“ އަކީ ރާއްޖޭގެ ތަޖްރިބާކާރު އަދި އެހާމެ މަޤްބޫލު އެކްޓަރ އަދި ޑައިރެކްޓަރ އަޙްމަދު ނިމާލް ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާނީޒް ޢަލީ ވެސް ހިމެނެއެވެ.

”އިން ފަހަނައެޅި އިޝްޤް“ މި ޓެގްލައިން ބޭނުންކޮށްފައިވާ ފިލްމު ”ހެހެސްް“އަކީ ލޯބީގެ ތަފާތު ވާހަކަ އެއްގެ މަށްޗަށް ބިނާކޮށް އުފައްދާ ސަސްޕެންސް ތްރިލާއެކެވެ.

ފިލްމު ”ހެހެސް“ގެ ކާސްޓުންގެ ތެރޭގައި ރާޢްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ.

ފިލްމު “ހެހެސް”ގެ މަންޒަރެއް

ފިލްމު ”ހެހެސް“ އަކީ ވަރުގަދަ އަންހެން ކާސްޓެއް ހިމެނޭ ފިލްމަކަށްވާއިރު، ފިލްމުގެ ޒުވާން އަންހެން ކާސްޓުގައި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވަޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ފީޗާ ފިލްމަށް މުޅިން އަލަށް ތާޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ހިމެނެއެވެ.

ފިލްމު “ހެހެސް”ގެ މަންޒަރެއް

ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ޔޫއްޕެއެވެ. ބ. ގޮއިދޫގެ އިތުރުން މާލެގައި ޝޫޓްކޮށްފައިވާ މި ފިލްމު ކެމެރާކުރަނީ ގިނަ ފިލްމުތަކެއް ކެމެރާކުރަމުން އަންނަ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ހަދަނީ ޖަލާލް އެވެ. ބެކް ސްކޯ ހަދަނީ ބާޗީއެވެ. މޭކަޕް ކުރަނީ އާއިޝަތު އިބްނާ ނާޞިރް އެވެ.

މި ފިލްމަށް ލަވަކިޔައިދެނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާގެ އިތުރުން ޙަސަން ޠޮލާޤް (ތޮލާ)އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.