މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް ’ނިއުޒޯ ފިލްމްސް‘ އިން އުފައްދާ ފިލްމު ”ކަޅަކިި“ގެ ޑަބިން މަސައްކަތް ނިމުމަކާ ހިސާބަށް ހިނގައްޖެކަމަށް ނިޢުމާ ބުނެފިއެވެ.

“މިހާރު ޑަބިން އޯލްމޮސްޓް ނިމެނީ.” މިއަދު މުނިއަވަސް އަށް ނިޢުމާ ބުންޏެވެ.

ދިވެހި ފިލްމު އޯޑިއަންސް، އެ ފިލްމަކަށް މިއަހަރު އެންމެ އިންތިޒާރުކުރާނެ ފިލްމު ”ކަޅަކިި“ގެ ޝޫޓިން ފެށީ މި އަހަރު ޖެނުއަރީ 15ގައި އަވަށްޓެރި ސްރީލަންކާގައެވެ. ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައިވަނީ ފެބްރުއަރީ 03 ގައެވެ.

ފިލްމު ”ކަޅަކިި“ގެ ފުރަތަމަ ޓީޒާ އާއްމުކޮށްފައިވާއިރު ޓީޒާއިން ހިތްގައިމު، ބިރުވެރި، މޮޅު އަދި ’ޝޮކިންގ‘ މަންޒަރުތަކެއް ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ. ފިލްމުގެ ޓީޒާއިން މީގެ ކުރިން ދިވެހި ބިރުވެރި ފިލްމަކުން ފެނިފައި ނުވާފަ މޮޅު މަންޒަރުތަކެއް ފެންނައިރު، ދެތިން ހަތަރު ފަހަރު ޓީޒާ ބަލައިލުމުންވެސް ސިއްސަސިއްސައިގެން ދާވަރުވެއެވެ.

ބިރުވެރި ފިލްމު ”ކަޅަކިި“ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރީ ޔޫސުފް ޝަފީޢު (ޔޫއްޕެ)އެވެ. ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ.

”ޔޫއްޕެގެ ވަރަށް ހިތްގައިމު ސްކްރީންޕްލޭ އަކަށް މި ފިލްމު ހެދިފަ މިއޮތީ. ދެން ޔޫއްޕެގެ މަސައްކަތާ ދޭތެރޭގަ އެއްވެސް ވަރަކަށް ’ޑައުޓެއް‘ ވެސް ނުކުރަން. ޔޫއްޕެ އަކީ ހަމަ ފަސްމީރު ކުރިރުކެކޭ ބުނެވޭނީ.“ ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކޮށްފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢުގެ މަސައްކަތާމެދު ހިތްހަމަޖެހުން ފާޅުކުރަމުން ނިޢުމާ ބުނެފައިވެއެވެ.

ފިލްމު ”ކަޅަކިި“ގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

ފިލްމުގެ މަންޒަރުތައް ޝޫޓްކުރީ ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު ލޮކޭޝަން ތަކުގައެވެ.

ކަޅަކިި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.