މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ޕޮލިސް މެމޯރިއަލް ޑޭ މިއަދު ފާހަގަކޮށްފިއެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަދި އިސްކަންދަރު ކޮށީގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ނަގާފައިވާ ފުލުހުންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.
މީގެ އިތުރުން ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިޡާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެ ގޮސްފައިވާ، ފުލުހުންގެ ހަނދާން އާކޮށް، ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފައިވެއެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ޕޮލިސް މެމޯރިއަލް ޑޭއަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިޘާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެދާ، ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!