ބޮލީވުޑްގައި ހަރަކާތްތެރިވަމުން އަންނަ ސެލެބްރިޓީންގެ ތެރެއިން އެންމެ ފިޓް، އެންމެ ހޮޓް ހަށިގަނޑެއް ލިބިފައިވާ ސެލެބްރިޓީންނާ މެދު ވިސްނާލާއިރު، ލިސްޓްގެ އެންމެ ކުރިއަށް އަރާނެ އެއް ނަމަކީ އާސިމް ރިއާޒްގެ ނަމެވެ. ރިއަލިޓީ ޝޯވ “ބިގް ބޮސް13″ގެ ފައިނަލިސްޓް އާސިމް ވަނީ އެތަކެއް ފަހަރު އޭނާގެ ‘ހަގޮޅިކެނޑި ހަށިގަނޑު’ ދައްކާލާފައެވެ.
އުމުރުން ހަގު އާސިމްއަކީ ފިޓްނަސް އަށް ނިކަން ފޯރިހުންނަ ތަރިއެއްކަން ނޭނގޭ މީހަކު މަދުވާނެއެވެ. “ބިގް ބޮސް13″ގައި ވެސް ހަމަ އެއްވެސް ދުވަހެއް ވައްޓައިނުލައި ކަޝްމީރަށް އުފަން، މި ޒުވާނާ ކަސްރަތުކުރެއެވެ. ކިތަންމެ ބުރަކޮށް، އެކިއެކި ޓާސްކްތަކުގައި އުޅެން ޖެހުނަސް ވެހެެވެ.
އާސިމްގެ އިންސްޓަގްރާމުގައި އޭނާގެ ސިކްސްޕެކް ހަށިގަނޑު ދައްކާލައި އެތަކެއް ފޮޓޯތަކެއް އާއްމުކުރަމުން ދެއެވެ. ނަމަވެސް މީގެ ދެދުވަސް ކުރިން އާސިމް ދޫކޮށްލި ފޮޓޯއިން ސުޕަމޭންގެ ޕޯސްއަކާ ވައްތަރުކަމުން އާސިމްގެ ފޭނުންނާއި މީޑިއާގެ ކަޅި މިވަނީ އެ ފޮޓޯއަށް ހުއްޓިފައެވެ.
View this post on Instagram
މި ފޮޓޯ އިން ހަމައެކަނި މަދުވަނީ ސުޕަމޭންގެ ކޮސްޓިއުމް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ އާސިމް އާއި ސުޕަމޭންއާއި ވައްތަރުކަމުންނެވެ.
ބިގް ބޮސް13ގެ ރަނައަޕް، އާސިމް މިވަގުތު މަސައްކަތްކުރަމުން ދަނީ އޭނާގެ ތިންވަނަ ވީޑިއޯ ލަވައިގެ މަސައްކަތެވެ. ލަވައިގައި އޭނާގެ ބައިވެރިއަކީ ހިމާންޝީ ކުރާނާއެވެ. ލަވަ ކިޔާފައިވަނީ އަރްޖީތު ސިންގްހ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ