ކޮމްޕިއުޓަރ ސައިންސްގެ ޑިގްރީކޯހާއި ބިޒްނަސް މެނޭޖްމަންޓްގެ ޑިގްރީކޯސް ވިލާކޮލެޖް ލާމު ގަން ކެންޕަހުގައި އަންނަ މަހު ފެށުމަށް ހަމަޖެހި، ވިލާކޮލެޖް ގަން ކެންޕަސް ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.
ތިން އަހަރުން ފުރިހަމަ ކުރެވޭ މި ދެ ޑިގްރީއަކީވެސް އޭލެވެލް 2 ފާސް ނުވަތަ ސެޓްފިކެޓް ލެވެލް 4ގެ ސަނަދެއް އޮވެގެން ނުވަތަ ގުޅުންހުރި ދާއިރާގެ ތަޖުރިބާއާއެކު ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ 2 ކޯހެވެ. މީގެތެރެއިން ކޮމްޕިއުޓަރސައިންސްގެ ޑިގްރީ ކޯސް ވެގެންދާނީ ފުރަތަމަ ފަހަރަށް ހައްދުންމަތީގައި ހިންގޭ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޑިގްރީ ކޯހަށެވެ. އެހެންކަމުން އައިޓީ ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުޞަތެކެވެ. ވިލާކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި މިކޯސްތައް ފެށުމާއެކު ވިލާކޮލެޖުގެ ހުރިހާ ފެކަލްޓީތަކުގެ ކޯސްތައް ގަން ކެމްޕަސްގައި ފެށި ލ.އަތޮޅުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދިޔައީއެވެ.
ވިލާކޮލެޖް ގަން ކެމްޕަހުގެ މެނޭޖަރ އަލްފާޟިލް ޠާހާ އަބޫބަކުރު މަޢުލޫމާތު ދެއްވި ގޮތުގައި މިކޯސްތަކުގެ އިތުރުން ކިޔަވައިދިނުމުގެ ދާއިރާގެ ކޯސްތައްކަމުގައިވާ ބެޗެލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ކޯހާއި، ބެޗެލަރ އޮފް ޓީޗިންގ ދިވެހިލެންގުއެޖް ކޯހާއި ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ އާއި ބެޗެލަރ އޮފް ޓީޗިންގ މެތަމެޓިކްސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވިފައެވެ.
އަދި ހަމަ އެއާއެކު ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ކޯހަކީވެސް މިފަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މިކޯސްތަކުގެ އިތުރުން ސެޓްފިކެޓް ލެވެލް 4 ގެ ބިޒްނަސް، އައި.ޓީ، ޓީޗިންގ އަދި ފާމަސީ ކޯހާއި ސެޓްފިކެޓް ލެވެލް 3 ގެ ހެލްތް ކެއަރ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. މިކޯސްތަކަށް ފޯމުލުމުގެ ފަހު ތާރީޚަކީ މިހިނގާ އޮގަސްޓް މަހުގެ 16 ވަަނަ ދުވަހެވެ.
ގަން ކެމްޕަސްގައި މިހާރުވެސް ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ކޯހާއި ބެޗެލަރ އޮފް ޓީޗިންގ ޕްރަމައިމަރީ އާއި ޑިޕްލޮމާއިން ނާރސިންގ އަދި ލެވެލް 4 ގެ ކޯސްތައް ކަމުގައިވާ ސެޓްފިކެޓް 4 އިން ފާމަސީ ކޯހާއި ސެޓްފިކެޓް 4 އިން އައިޓީ ކޯހާއި ސެޓްފިިކެޓް 4 އިން ބިޒްނަސް ކޯހުގައި ހައްދުންމަތީގެ ހުރިހައި ރަށަކަށް ނިސްބަތްވާ ދަރިވަރުން ކިޔަވަމުންދާ ކަމުގައި އެ ކެމްޕަހުން މަޢުލޫމާތު ދެއްވިއެވެ.
2019 ޖޫން 10ގައި ކިޔަވައިދޭން ފެށި ވިލާކޮލެޖު ލާމު ގަން ކެމްޕަސް ރަސްމީކޮށް ހުޅުވުނީ 29 ޖުލައި 2019މ. ގައެވެ. ލ.ގަމު ތުނޑީ އަވަށުގައި ހުންނަ މިކެމްޕަހަކީ މިހާރު ހައްދުންމަތީގައި ހުރި މަތީ ތަައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން ކިޔެވުމަށް އެންމެ ފަހި މާހައުލެއް އޮތް އަދި ގިނަ ބައެއްގެ މެދުގައި ވަރަށް މަޤުބޫލު މަތީ ތަޢުލީމުދޭ މަރުކަޒެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!