ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން ގެނެސްދޭ ފިލްމު ”ލޯބިވެވިއްޖެ“ގެ ޕްރޮމޯ ލަވަ، ތަފާތު ގޮޮޮތަކަަަށް ނެެެރުުުުުމަށް މަަަަސައްކަތް ފަށަަަފިިިިއެވެ.
ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ފިލްމުގެ ޕްރޮމޯ ލަވައިގެ ރެކޯޑިން ނިންމާފައިވާކަމަށް ޢަލީ ސީޒަން ބުންޏެވެ.
“ލޯބިވެވިއްޖެގެ ޕްރޮމޯޝަން ލަވައިގެ ރެކޯޑިން މިއަދު މި ނިމުނީ. ފިލްމުގެ ކާސްޓުން މި ޕްރޮމޯޝަން ލަވައިގަ ވޯކަލިސްޓުންނަކީ. ދެން ފެންނަން މީނދަ ޕޯސްޓަރުން ތި ފެންނަނީ ލަވައިގެ ބައިވެރިވި ހުރިހާ މީހުން.” ފިލްމު ”ލޯބިވެވިއްޖެ“ގެ މީީޑިއާ ގްްްރޫޕަށް މަަޢުލޫމާތު ދެެެމުން ފިިިލްމުގެ ޑަަައިރެކްޓަރ ޢަލީ ސީޒަން ބުންޏެވެ.
“ލަވައިގެ މެލޮޑީއާ ލިރިކްސްއާ ހެދީ ތޭރަ (މުޙައްމަދު ޢަބްދުލްގަނީ). މިއުޒިކް ކުޑަ އިއްބެ، ރިކޯޑިން ޓޮނިކް ލައިވް ސްޓޫޑިއޯގަ.”
ސީޒަން އިތުރަށް ބުނީ ޕްރޮމޯ ލަވައިގެ ވީޑިއޯ ރިލީޒް ކުރާނީ ފުރަތަމަ އޯޑިއޯ ރިލީޒް ކޮށްފަ އޭގެ ފަހުން ކަމަށެވެ.
“އެހެންވީމަ ވީހާވެސް އަވަހަކަށް އޯޑިއޯ ރިލީޒް ކުރުމުގެ މަސައްކަތްތައް ކުރަމުން މި ގެންދަނީ.” ސީޒަން ބުންޏެވެ.
”ލޯބިވެވިއްޖެ”ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، ރިޝްފާ، ފުބޫ، އަހްމަދު އީސާ (އާނަންދު)، ނިމާލް، ޢަލީ ޝަމީލް ގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް އެވެ.
ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!