ފިލްމު “ވާށޭ މަށާއެކީ” ގައި އެންމެ ގިނައިން ލަނޑު ލިބުމަށްފަހު، ފިލްމު “މާމުއި“ގައި ހުދުކޮށް، ހުދުމުޚްތާރުގެ ގޮތުގައި ފެނިގެންދިޔަ އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ކައިވެނިކޮށްފިއެވެ.
މިމަހު 19 ވަނަ ދުވަހު، އަރައިގެން އައި އިރާއެކީ އައިސް އައްމަޑޭގެ ޒަވާޖީ ހަޔާތުގެ ފިނިފެންމާ ދިނީ ފާޠިމަތު އުސްނާ ކިޔާ ކުއްޖަކަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުން އައްމަޑޭ އާއި އުސްނާ ރައްޓެހިވެގެން އުޅޭތާ ފަސްވަރަކަށް މަހަށް ވުރެން ގިނަދުވަސް ވެއްޖެއެވެ.
އައްމަޑޭގެ ކައިވެނީގެ ހަފުލާގައި ފުބޫ ކިޔާފައިވާ “ޝާދީ ގާނާ” ލަވައިގެ އަޑު އިވިގެންދާގޮތަށް ނަގާފައިވާ ވީޑިއޯކޮޅެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯކޮޅަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
— Sharkko Ammaday (@SharkkoAmmaday) August 22, 2020
ފިލްމު “މާމުއި” ގައި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ފެނިގެން ގޮސްފައިވާ ’ހުދުމުޚްތާރު‘ ކެރެކްޓަރ އަކީ ގިނަބަޔަކަށް ވަރަށް ކަމުދިޔަ ކެރެކްޓަރ އެކެވެ. މީގެ އިތުރުން އެ ފިލްމުން ފެނިގެންދިޔަ ”އަރައިގެން އައި އިރާއޭ“ ލަވައަކީ އައްމަޑޭގެ ޅެންވެރިކަމާއި ރާގު ހިމެނޭ ހިތްގައިމު އަދި ކާމިޔާބު ލަވައެކެވެ.
ވިލު ސްޓޫޑިއޯގެ ނަމުގައި ފިލްމީ މަަސައްކަތް ކުރުމަށް އައްމަޑޭ ވަނީ ސްޓޫޑިއޯއެއް ގާއިމުކޮށް މަސައްކަތްތަަކެއް ވެސް ފަށާފައެވެ. އެގޮތުން އެ ސްޓޫޑިއޯއިން ފަށާފައިވާ ”އަނދިރި ފަރާތް“ ނަމުގައި އާދަޔާޚިލާފު ހާދިސާތަކެއް ހިމެނޭ ބިރުވެރި އަދި އާހިތަ (އެޑްވެންޗުރަސް) ކަންތައްތަކެއް ފެނިގެންދާ ފަސް އެޕިސޯޑުގެ ވެބްސީރީޒެއްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
