ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ގޮތުން “ކާކު ނޫނެކޭ ބުނާނީ”ގެ ނަމުގައި ނޯ ޕްލާސްޓިކް މޯލްޑިވްސް އާއި ވީ.އޭ.އެމް.ކޯ އިން ކެމްޕެއިނެއް ފަށައިފިއެވެ. އެއް މަސްދުވަހަށް ދިގުދެމިގެންދާ މި ކެންޕެއިންގައި އެއްވަނައަށް އަންނަ ފަރާތަކަށް ވީ.އޭ.އެމް.ކޯއިން ވަނީ ބޯފެން ފިލްޓަރ ކުރެވޭ ސިސްޓަމެއް ހުށައަޅާފައެވެ. މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައެވެ.

މި ކެންޕެއިންގައި ބައިވެރިވެލެއްވުމަށްޓަކައި “ނޯ ޕްލާސްޓިކް މޯލްޑިވްސް” ޕޭޖްއަށް ލައިކް ކޮށްލަން ޖެހެއެވެ. ތިރީގައިވާ ލިންކަށް ފިއްތައިލާ ޕޭޖަށް ލައިކެއް ދޭށެވެ.

އެއަށްފަހު ތިމާވެއްޓާއި ރައްޓެހިކޮށް ތިމާ ކުރަމުން އަންނަ ކަމެއްގެ ނުވަތަ ކަންތައްތަކެއްގެ ޕޮޓޯ ނުވަތަ ވީޑިއޯ އެއް ހިއްސާކޮއްލައްވާށެވެ. ހިއްސާ ކުރުމަށް “ނޯ ޕްލާސްޓިކް މޯލްޑިވްސް” އަށް މެސެޖް ކުރައްވާށެވެ.

އިނާމު ލިބޭނީ “ނޯ ޕްލާސްޓިކް މޯލްޑިވްސް” ގައި ފޯސްޓްކުރެވޭ ޕޮޓޯ/ވީޑިއޯގެ ތެރެއިން އެންމެ ގިނަ ލައިކްސް އަދި ޝެއަރ ލިބޭ ފަރާތަކަށެވެ.

މި ކެންޕެއިން ކުރިއަށްދާނީ 1 ސެޕްޓެންބަރ އިން 30 ސެޕްޓެންބަރ ގެ ނިޔަލަށެވެ.

“ކާކު ނޫނެކޭ ބުނާނީ ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދުރުގޮތެއް އިހުތިޔާރުކުރުމުގެ އާދަ އަށަގެންނެވުމާއި އަދި ޕްލާސްޓިއާއި ނުލައިވެސް ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރެވެން އޮންނަކަން އަންގައިދިނުމެވެ.

ނޯ ޕްލާސްޓިކް މޯލްޑިވްސް އިން މީގެ އެތަކެއް ކެމްޕެއިންތަކެއް ރާވާފައިވާކަމަށް އެތަނުން ބުނެއެވެ. އެތަނުން ބުނީ މިހާރުގެ ހާލަތު ތަންދޭ މިންވަރަކުން މި ކެންޕެއިންތައް ކުރިއަށް ހުރި މަސްތަކުގައި އިފްތިތާހު ކުރަމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮމޯޟަންގެ ޕާރޓްނާރ ވީ.އޭ.އެމް.ކޯ އާއި ނޯ ޕްލާސްޓިކް މޯލްޑިވްސްއާ ގުޅުމަކީ މި ކަމަށް ލިބިގެންދިޔަ އިތުރު ފުރިހަމަ ކަމެއްކަމުގައި ނޯ ޕްލާސްޓިކް މޯލްޑިވްސް އިން ދެކެއެވެ. ވީ.އޭ.އެމް.ކޯއަކީ މިހާރުވެސް ރާއްޖޭގައި ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެގޮތުން އެކި ބާވަތުގެ ފެން ފިލްޓަރ ކުރާ ޕްލާންޓް ވިޔަފާރި ކުރަމުންގެންދާ ފަރާތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.