އާސިމް ޢަލީ އަދި އަޙްމަދު ވަހީދު ޕްރޮޑިއުސްކޮށް، ‘އައި ފިލްމްސް’ އިން ގެނެސްދޭ އިއްލެގެ “ނީނާ” ސިނަމާއަށް އަންނާނީ 2021 ވަނަ އަހަރުއެވެ.

އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު “ބަވަތި” އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، އެ ޕްރޮޑަކްޝަނުން ގެނެސްދޭ ދެވަނަ ފީޗާ ފިލްމު “ނީނާ“ގެ ޓީޒާ އާއްމުކޮށްފައިވާއިރު، ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ޓީޒާއަށް އަންނަނީ ލިބެމުންކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ނީނާ”ގެ މަންޒަރެއް ލ. ގަމުގައި ޝޫޓްކުރަނީ – ފޮޓޯ: ނީނާ ޓީމް

ނީނާ“ގެ މައި ތަރިންގެ ތެރޭގައި “ބަވަތި“ގެ ލީޑުން ހުނަރުވެރި އެކްޓިންއެއް ދެއްކި ނުޒުހަތު ޝުޢައިބް ހިމެނޭއިރު، ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޝަރަފް ޢަބްދުﷲ، ހުނަރުވެރި ތަރި ޖުމައްޔިލް ނިމާލްގެ އިތުރުން ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާއާއި މަރިޔަމް ޝަކީލާ ހިމެނެއެވެ.

މީގެ އިތުރުން އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗާ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ހިމެނެއެވެ.

ނީނާ” ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަހީދު (އިއްލެ) އެވެ. ފިލްމުގެ މިއުޒިކް ހެދީ ހުސައިން ތައުފީގެވެ. މޭކަޕް ހަދައިދިނީ ”ބަވަތި“ގައި ފެނިގެންދިޔަ ފުރިހަމަ މޭކަޕްތައް ހެދި އާޓިސްޓް ރުޠުބާ އަޙްމަދު އެވެ.

މި ފިލްމުވެސް ކެމެރާކުރީ ”ބަވަތި“ ކެމެރާކުރި ހުނަރުވެރި ކެމެރާމަން ވިޝާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ހެދީ ”ބަވަތި“ ގައި ވެސް އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކޮށްފައިވާ ’އޯކޭޒް އިންކް‘ އިނެވެ. ވިޝުއަލް ހެދީ އޯކޭޒް އިންކް ގެ ސާމީ އެވެ.

ނީނާ“ގެ ބޮޑު ބައި ޝޫޓްކޮށްފައިވަނީ ލ. ގަން، މާންދޫ އަދި ކަައްދޫގައެވެ.

ފިލްމު “ނީނާ“ގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ ފިލްމު ”ބަވަތި“ގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރުކަންކުރި މުނިއަވަސް އެވެ.

ފިލްމު “ނީނާ”ގެ މަންޒަރެއް، ލ. މާންދޫގައި ޝޫޓްކުރަނީ – ފޮޓޯ: މުނިއަވަސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.