އިންޑިޔާގެ 41 ލައްކައަށް ވުރެން ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، ފިލްމު “އިޝްޤްޒާދޭ”ގެ ތަރި އަރުޖުން ކަޕޫރުވެސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އިންސްޓަގްރާމްގައި މިކަން ހާމަކުރަމުން އަރުޖުން ބުނީ، އޭނާގެ ހާލު ރަނގަޅު ކަމަށާއި ބަލީގެ އެއްވެސް އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. އޭނާ އިތުރަށް ބުނީ އަމިއްލައަށް އެކަހެރިވެގެން ގޭގައި ކަރަންޓީނުގައި ހުރި ކަމަށެވެ.
މި ބަލިމަޑުކަމުގައި އޭނާގެ ފޭނުންނަށް މުހިންމު މެސެޖެއް ދެމުން ބުނީ “އަހަރެން ކޮރޯނާވައިރަހަށް ފައްސިވެފައި ވާކަން ތިޔަ އެންމެންނަށް އެންގުމަކީ އަހަރެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެން. އަހަރެންގެ ހާލު ރަނގަޅު އަދި ބަލީގެ އެއްވެސް އަލާމާތެއްވެސް ނުފެނޭ. ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން އަހަރެން މިހުރީ ގޭގައި ކަރަންޓީނުވެގެން. ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ކުރީބައިގައި އަހަރެން ޝުކުރުވެރިވަން. އަހަރެންގެ ބަލީގެ އަދާހަމަތައް ތިޔަ އެންމެނަށް ދެމުން ގެންދާނަން. މިއީ އާދަޔާޚިލާފު އަދި އުއްމީދު ނުކުރާފަދަ ދުވަސްވަރެއް. މި ބަލިމަޑުކަމުން މުޅި އިންސާނިއްޔަތަށް އަރައިގަނެވޭނެކަމުގެ އުއްމީދު އަހަންނަށް އެބައޮތް.”
ސައިފު ޢަލީ ޚާންގެ ބިރުވެރި ކޮމެޑީ “ބޫތު ޕޮލިސް”ގައި އަރުޖުން ފެނިގެންދާނެއެވެ. “ބޫތު ޕޮލިސް” ވެގެންދާނީ ސައިފާއި އަރުޖުންގެ ވެސް ފުރަތަމަ ހޮރޯ-ކޮމެޑީއަށެވެ. މިއީ މި ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެއެވެ.
ކޮވިޑް-19 އަށް އަރުޖުން ފައްސިވެފައިވާ އިރު، މީގެ ދެ ދުވަސްކުރިން މަޝްހޫރު ބަތަލު ހިމާންޝް ކޯލީ ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 14 އޭޕްރިލް 2025ޚަބަރުރާއްޖެއަށް މަރުހަބާ! މިއަދުގެ އެންމެ ސަޅި ހުށައެޅުން “ޓޫ އޮފް އަސް” އަށް – ވީޑިއޯ
- 14 އޭޕްރިލް 2025ޚަބަރުއަނޫ މަލިކްގެ ހިތް “ޓޫ އޮފް އަސް” އިން އަތުލައިފި
- 14 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ދެވަނަ ހުށައެޅުން މިއަދު ހަވީރު
- 14 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކިން މާދަމާ ފަށަނީ