1987 ވަނަ އަހަރު ނުކުތް ދިވެހި ފިލްމު “އިތުބާރު”ގެ ޑައިލޮގުތަކަކީ ދިވެހީންގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ޑައިލޮގުތަކެކެވެ. ވަކިން ޚާއްޞަކޮށް އެ ފިލްމުގައި ހުނަރުވެރި އެކްޓިން އެއް ދައްކާފައިވާ މަރުހޫމާ ހާޖަރާ ޢަބްދުލްކަރީމްގެ “އޭ ބަލަ މިހިރަ ލަތީފާ” ޑައިލޮގުކޮޅު ފާހަގަކޮށްލެވެއެވެ. ހުނަރުވެރި ދިވެހި އަންހެންކުދިންތަކެއް މި ޑައިލޮގަށް ހަދާފައިވާ ނެށުމުގެ ވީޑިއޯއެއް މިއަދު މިވަނީ ވައިގައި ހިފާފައެވެ.
‘ޓިކްޓޮކް’ގައިވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ “އޭ ބަލަ މިހިރަ ލަތީފާ” ޑައިލޮގަށް ޒުވާން ތިން އަންހެންކުދިން ގެނެސްދީފައިވާ ތަފާތު ނެށުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައި ވާއިރު، މިނިސްޓަރ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފްގެ ސަމާލުކަންވެސް މި ވީޑިއޯކޮޅަށް ވަނީ ހުއްޓިފައެވެ.
“ޒުވާން ހުނަރުވެރި ފަންނުވެރިންތަކެއްގެ ފަރާތުން ފެނިފައިވާ ވަރަށް މޮޅު ހުށައެޅުމެއް” މިނިސްޓަރ މަހްލޫފު ކުރެއްވި ޓްވީޓްގައި ބުނެފައިވެއެވެ.
Outstanding work from very young talented artists. 👌🏾
އޭބަލަ މިހިރަ ލަތީފާ pic.twitter.com/f6SPp6Kazr
— Ahmed Mahloof (@AhmedMahloof) September 5, 2020
ގިނަ ބައެއްގެ ސަމާލުކަން ލިބި މީސްމީޑިއާގައި ވައިގައި ހިފާފައިވާ މި ވީޑިއޯއަކީ މިހައިތަނަށް މި ޑައިލޮގަށް ގެނެސްދީފައިވާ އެންމެ ފުރިހަމަ ހުށައެޅުންކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
