ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ ފިލްމު “ބީވީމާ“ގެ ލީޑްގައި ހަރަކާތްތެރިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އާއި މަޝްހޫރު އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ކަމަށް ޑާކް ރެއިން އިން ބުނެފިއެވެ.
ފިލްމު “ބީވީމާ“ގެ މައި ތަރިންގެ ފުރަތަމަ ދައްކައިލުން މިއަދު ހާމަކުރަމުން ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނީ ފިލްމުގެ ލީޑްގައި އަޝްފާ އާއި ކޮޕީ އިއްސެ ހަރަކާތްތެރިވާއިރު، މުހިންމު ރޯލަކުން ލަވަކިޔުންތެރިންކަމަށްވާ އަމާނާއި ޒަކިއްޓެ އަދި ކޮކީގެ ވެސް ކޮއްކޮ އާދަމް ޒިދާން (ނާނަ) ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން ޑާކް ރެއިންގެ ފިލްމުތަކުން ފެންނަ އައިމިނަތު ރަޝްފާ (އާޝާ) ވެސް ފެނިގެންދާނީ މުހިންމު ރޯލަކުންނެވެ.

ފިލްމު “ބީވީމާ”ގެ އަންހެން ލީޑް މަރްޔަމް އަޝްފާ
މުހިންމު އިތުރު ރޯލުތަކުން ޢަލީ ޝަޒްލީމް، ޢާއިޝަތު ޔާދާ، ސިލްނާ، އާޝާ، ޢާއިޝަތު ޢަލީގެ އިތުރުން ހުނޭޝާ އާދަމް ނަސީރުގެ ފަދަ ފާހަގަކޮށްލެވޭ ތަރިންތަކެއް ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.
ސިނަމާތައް އަލުން ހުޅުވިއްޖެ ނަމަ، ލޯބީގެ ފިލްމު “ބީވީމާ” އަންނަ އަހަރު ރިލީޒް ކުރާނެ އެވެ.

ފިލްމު “ބީވީމާ”ގެ ފިރިހެން ލީޑް ކޮޕީ އިއްސެ
މި ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުހައްމަދު ޢަލީ (މޮގާ) އެވެ. ކެމެރާކުރަނީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ އެވޯޑް ހޯދާފައިވާ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. އެޑިޓިން ހަދަނީ ޗިއްޕެ އާއި ޒަރީރު އެވެ.
ފިލްމު “ބީވީމާ“ގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް އެވެ. މޭކަޕް ހަދަނީ ހުސައިން ސަދިޔާން (ސޭންޑީ) އެވެ. ފިލްމުގެ ކެރެކްޓަރުންގެ ޕޯސްޓަރުތަކުގެ ފޮޓޯގްރަފީ އަދި ޑިޒައިން ހެދީ އަޙްމަދު ޝިނާން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!