ރޭ އޮލިމްޕަހުގައި ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް ގައި އެންމެ ގިނަ އެވޯޑްސް ކާމިޔާބުކޮށް ޑާކްރެއިން އެންޓަރޓެއިންމަންޓް ވަނީ ފިލްމީ ދާއިރާ ގައި ރިކޯޑެއް މުގުރާލާފަ އެވެ. އެގޮތުން 31 ދާއިރާއަކުން ދިން އެވޯޑުތަކުގެތަކުގެ ތެރެއިން ޑާކް ރެއިން އެންޓަރޓެއިންމަންޓުން ވަނީ 22 އެވޯޑެއް ކާމިޔާބުކޮށްފައެވެ.

އޭގެތެރެއިން އެންމެ ގިނަ އެވޯޑް ލިބިފައިވަނީ ޑާކްރެއިން އެންޓަރޓެއިންމަންޓުން ގެނެސްދިން “ވާށޭ މަށާ އެކީ” އާއި “ހުޅުދާން” އަދި “މިކޮއެ ބައްޕަ ބައޭ ބައޭ” “ކަޝްފް” އާއި “ވޫޑޫ” އަށެވެ.

ކުރު ފިލްމުގެ ބައިންވެސް އެންމެ ގިނަ އެވޯޑު ހާސިލްކޮށްފައިވަނީ ޑާކްރެއިން އެންޓަރޓެއިންމަންޓުގެ ފިލްމުތަކެވެ. ކުރު ފިލްމުގެ ބައިން 8 އެވޯޑް ދީފައިވާއިރު ޑާކްރެއިން އެންޓަޓައިންމަންޓަށް ވަނީ 6 ދާއިރާއަކުން އެވޯޑް ލިބިފައެވެ. އެގޮތުން:

– އެންމެ މޮޅު ކުރު ފިލްމް: ވޫޑޫ

– އެންމެ މޮޅު ޑައިރެކްޓަރ: އަލީ ޝިފާއު (ކުރުފިލްމް – ވޫޑޫ)

– އެންމެ މޮޅު ސަޕޯޓިން އެކްޓަރ: އަހުމަދު ނާޝިތު (ކުރުފިލްމް – ވޫޑޫ)

– އެންމެ މޮޅު ސިނެމެޓޮގްރަފީ: އަލީ ޝިފާއު (ކުރުފިލްމް – ވޫޑޫ)

– އެންމެ މޮޅު އެޑިޓިންގ: އަލީ ޝިފާއު (ކުރު ފިލްމް ވޫޑޫ)

– އެންމެ މޮޅު އެކްޓަރ: އިބްރާހިމް ޖިހާދު (ޖިމީ)، (ކުރު ފިލްމް ކަޝްފު) 

 

އަދި މީގެ އިތުރުން ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު “ވާށޭ މަށާއެކީ” އަށް ވަނީ ފީޗާ ފިލްމު ތަކުގެ ބައިން 10 އެވޯޑެއް ލިބިފައެވެ.

– އެންމެ މޮޅު ފިލްމް: ވާށޭ މަށާއެކީ (ޑާކް ރެއިން އެންޓަޓައިމަންޓް)

– އެންމެ މޮޅު ޑައިރެކްޓާ: އަލީ ޝިފާއު (ވާށޭ މަށާއެކީ)

– އެންމެ މޮޅު އެކްޓާ: މުހައްމަދު ޖުމައްޔިލް ނިމާލު (ޖުމަލް)، (ވާށޭ މަށާއެކީ)

– އެންމެ މޮޅު އެކްޓްރެސް: މަރިޔަމް މަޖުދާ (މަޖޫ)،(ވާށޭ މަށާއެކީ)

– އެންމެ މޮޅު އާޓް ޑިރެކްޝަން: މުހައްމަދު އަލީ، އަލީ ޝިފާއު (ވާށޭ މަށާއެކީ)

– އެންމެ މޮޅު މޭކަޕް: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)

– އެންމެ މޮޅު ކްރޮއުގްރަފީ: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)

– އެންމެ މޮޅު ކޮސްޓިއުމް: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)

– އެންމެ މޮޅު ސައުންޑް މިކްސިން: މުހައްމަދު އިކްރާމް (ވާށޭ މަށާއެކީ)

– އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ވާށޭ މަށާއެކީ)

 

މި ފިލްމަކީ މިފަހަރު 21 ދާއިރާއަކުން ނޮމިނޭޓް ވެފައިވާ ފިލްމެކެވެ. މީގެ އިތުރުންވެސް ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން ވަނީ 6 ދާއިރާއަކުން އެވޯޑް ކާމިޔާބުކޮށްފައެވެ. އެއީ؛

– އެންމެ މޮޅު އައު ބަޠަލާ: މަރިޔަމް މަޖުދާ (މަޖޫ)، (ހުޅުދާން)

– އެންމެ މޮޅު ސްކްރީންޕްލޭ: އައިޝަތު ފުއާދު ތައުފީގް (ހުޅުދާން)

– އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ: އަހުމަދު ނާޝިދު (ތަކުރަށް ބަހެއް:ފިލްމު ހުޅުދާން)

– ލިރިކްސް: ޒީރޯ ޑިގްރީ، އަހުމަދު ނަސީރު އަދި މުހައްމަދު ރަޝީދު (ތަކުރަށް ބަހެއް:ފިލްމު ހުޅުދާން)

– އެންމެ މޮޅު ސައުންޑް އެޑިޓަރ: މުހައްމަދު އިކްރާމް (މިކޮއެ ބައްޕަ ބައެ ބައެ)

– އެންމެ މޮޅު ބެކްގްރައުންޑް މިޔުޒިކް: މުހައްމަދު އިކްރާމް (އެންމެފަހު ވިންދާ ޖެހެންދެން)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.