އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އަޝްފާގެ މަޑުމައިތިރި ލޯބީގެ ލަވަ ”ގުނަމުން މިދާ“ގެ ހިތްގައިމު ވީޑިއޯ ލަވަ ނެރެފިއެވެ.

އިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯއިން ގެނެސްދީފައިވާ މަޑުމައިތިރި ލޯބީގެ ލަވައިގައި ހަރަކާތްތެރިވެފައ ިވަނީ ދިވެހި ފިލްމީ ދާއިރާގައި ވިދަން ފަށާފައިވާ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އާއި ހުނަރުވެރި ތަރި އިސްމާއީލް ޖުމައިހް (ޖުމާ) އެވެ.

ލަވަ ވީޑިއޯކޮށް ޕޯސްޓް ޕްރޮޑަކްޝަން ހެދީ ‘ލައިޓްސް އައުޓް ޕްރޮޑަކްޝަންސް’ އިންނެވެ. ވީޑިއޯ ޑައިރެކްޓްކުރީ އައްބެ އެވެ. ފަންނާނުންގެ ހިތްގައިމު އަދި އެހާމެ ތަފާތު މޭކަޕް އަދި ހެއާރ ހެދީ ސޭންޑީ އެވެ. ކޮސްޓިއުމްސް ހެދީ ލޫސިޑް ޑްރީމްސް އާއި ސޭންޑީ އެވެ.

މި ލަވަ ޝޫޓްކޮށްފައިވަނީ ހުޅުމާލޭގެ ހިތްގައިމު ލޮކޭޝަންތަކުގައެވެ.

މި ލަވައިގެ މިއުޒިކް ހަދައި ކޮމްޕޯސްކުރީވެސް ކުޑަ އިއްބެ އެވެ. ލަވައިގެ ޅެން ލިޔުނީ ހުސައިނެވެ.

އަބަދުވެސް ދިވެހި އަމިއްލަ އުފެއްދުންތަކަށް ބޮޑު އިސްކަމެއް ދެމުން އަންނަ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ)އަށް 2018 ވަނަ އަހަރު ވަނީ ޕާފޯމިން އާޓްސްގެ ދާއިރާއިންނާއި ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި އަމިއްލަ ރާގު އުފެއްދުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.