ޅެން ހެދުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ޅެން ކޯސް ހިންގަމުން އަންނަ މަޝްހޫރު ޅެންވެރިޔާ ޢީސާ ޝަރީފުގެ ޅެން ކޯހެއް ފުވައްމުލަކުގައި މުޅިން ހިލޭ ބާއްވަން ނިންމައިފިއެވެ.
ޅެން، މަދަހަ އަދި ލަވަ ހަދަން ދަސްކޮށްދޭ އަސާސީ ކޯސް އޮންނާނީ އަންނަ އޮކްޓޫބަރު މަހު 04 ން 08 އަށެވެ. ކޯހުގައި ބައިވެރިވުމަށް ނަންނޯޓުކުރުމަށް 9922668 އަށް ނުވަތަ 9585110 އަށް ގުޅުމަށް ކޯސް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.
އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ) އިން ހިންގާ މި ކޯހަކީ ‘ރޯސްލީން’ އިން ސްޕޮންސަރކޮށްގެން ހިންގާ ކޯހެކެވެ.
މިމަހު، ހއ. އަދި ހދ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ވެސް އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ) އިން ވަނީ ޅެން ކޯސް ބާއްވާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޮންލައިން ޅެން ކޯސް ”އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)“ގެ ފުރަތަމަ ބެޗް ބޭއްވީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
