ޝަމްވީލް މުހައްމަދު (ބަރޯ) ގެ ކަވަރ ލަވަތައް ހިމެނޭ “މެޝަޕް 2″ގެ އޯޑިއޯ ނެރުނީ މީގެ ހަތް މަސް ކުރިންނެވެ. މުނިއަވަސް ކިޔުންތެރިންނަށް އެ ޚަބަރު ވާނީ ގެނެސްދީފައެވެ. މި ފަހަރު މިއޮތީ “މެޝަޕް 2″ގެ ވީޑިއޯއެވެ.

ލަވް “މެޝަޕް 2” ނެރުމުގެ އެންމެ ބޮޑު ސަބަބަކީ “ލަވް މެޝަޕް 1″އަށް ވެސް އެހާބޮޑު ތަރުހީބެއް ލިބުމުން ކަމަށް ޝަމްވީލް ބުނެއެވެ.

މާސްކޭ ސްޓޫޑިއޯ އިން ގެނެސްދޭ “މެޝަޕް 2″ގެ މަސައްކަތް ކޮށްފައިވާ ފަންނާނުންނަށް ބަލައިލާއިރު، ލަވައިގެ ކާސްޓުގައި ހިމެނެނީ އިބްނާ ނާސިރު އެވެ. ޑައިރެކްޓް ކުރީ ޔާމިން އާއި ލުބުނާ ނާސިރު އެވެ. ކެމެރާ ކޮށް ޕޯސްޓް ޕްރޮޑަކްޝަން ހެދީ ޔާމީން ޒަކީ އެވެ.

މެޝަޕް2 ގެ ލަވަތަކަށް ބަލައިލާ އިރު:-

– ވޭ އިންތިހާ ލޯބިވޭ ( ބާޒީގަރް އޯ ބާޒީގަރް) – ޒިޕޯ

– އާނ ތީ އޭ (ހާނ ތޫ ހޭ)/ ރޭގަ ތިބާ ފެނުނީމާ (ޗާންދު ޗުޕާ ބާދަލް މެއިނ) / ކަތި ނަޒަރުން (މެރެ ރަންގް މެއިނ) – މޫސާ ނަދީމް

މި ލަވަތަކުގެ މިއުޒިކް ޕްރޮޑިއުސަރަކީ މުނާޒް އުބައިރު އެވެ. ހާރމޮނީ އަޅާފައިވަނީ ރާއިފް އެވެ. އާޓް ވޯކް ހެދީ އީމާން އާދަމް އެވެ. 

މި މެޝަޕްގެ މަސައްކަތް ގެނެސްދިނުމުގައި  މާސްކޭގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް މާސްކޭއަށް ޝަމްވީލް ޝުކުރުއަދާކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.