އުމުރުން 15 ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ފިލްމީ ތަރި މުޙައްމަދު ޔުނާން އަދި އޭނާގެ އަންހެނުން ރިހުލާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު މިމަހުގެ 04 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔުނާން އާއި އޭނާގެ އަންހެނުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ދެމީހުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށެވެ. އެ ދެމަފިރިންގެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެސް އަޑުތައް ފެތުރިފައިވެއެވެ.
ޖިންސީ ގޯނާ އާއި ގެވެށިއަނިޔާއަށް ހޭޭލުންތެރި ކުރުވުމަށް ގެނެސްދިން ކާމިޔާބު ވެބް ސީރީޒް “އެހެނަސް” ގައި ޔުނާން އާއި އޭނާގެ އަންހެން ރިހޫ ވެސް ހަރަކާތްތެރިވިއެވެ. ފިލްމީ ދާއިރާއަށް ޔުނާން ތަޢާރަފުވީ ފާތިމަތު ނަހުލާގެ ފިލްމު “ބޮސް” އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު