ބޮލީވުޑްގެ ހުނަރުވެރި އެކްޓަރ އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު “ބެލް ބޮޓަމް”ގެ ޓީޒާ އެއް މިދިޔަ ހޯމަ ދުވަހު ދައްކާލައިފި އެވެ.

ޓީޒާ ފެށިގެންދަނީ ފިލްމުގެ ލީޑް ކުޅޭ އަކްޝޭގެ މަންޒަރަކުން ނެވެ. މި ފިލްމުގައި އަކްޝޭ ފެނިގެން ދާނީ ރޯވ އޭޖެންޓެއްގެ ގޮތުގައެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ ރަންޖީތު ތިވާރީއެވެ. ސިނަމާގައި މި ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ދެވަނަ ދުވަހު އެވެ. މި ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ އިނގިރޭސިވިލާތުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.